ފެނަކައިން ބޭއްވި ޤްރްއާން މުބާރާތުގެ 1 ވަނަ ނައުފާ ސަޢީދު ހޯދައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
ފެނަކައިން ބޭއްވި ޤްރްއާން މުބާރާތުގެ 1 ވަނަ ނައުފާ ސަޢީދު ހޯދައިފި
ފެނަކައިން ފެނަކައިގެ މުވައްޒިފުންގެ ޢާއިލާތަކަށް ޚާއްޞަކޮށްގެން ބޭއްވި ކީރިތި ޤްރްއާން ކިޔެވުމުގެ މުބާރާތުގެ ހުރިހާ ގޮތަކުން 1 ވަނަ ނައުފާ ސަޢީދު ހޯދައިފިއެވެ.

ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ މިފަދަ މުބާރާތެއް ބޭއްވުމަކީ ރަމަފާން މަހާއި ވަރަށް ގުޅުންހުރި އަދި އެކަމުގެ ފައިދާ ވަރަށް ބޮޑަށް ކުރާނެ ކަމެއް ކަމަށެވެ.



އާދަމް ޝަރީފް ވިދާޅުވީ ރާއްޖޭގައި އިނގިރޭސި ތައުލީމް ދެވެން ފެށީންސުރެ ކީރިތި ޤްރްއާނަށް ދޭ އަހައްމިއްޔަތުކަން އައީ ކުޑަވަމުން ކަމަށާއި މި ސަރުކާރުން ވަނީ ދީނީ ތައުލީމަށާއި ކީރިތި ޤްރްއާން ކިޔެވުމަށް ދޭ އަހައްމިއްޔަތުކަން އިތުރުކޮށްފައި ކަމަށެވެ.



މާލޭގެ އިތުރުން ރާއްޖެއަށްވެސް ދީނީ ތައުލީމް ފެތުރުމަށާއި އަދި ކީރިތި ޤްރްއާނުގެ ޢިލްމު ފެތުރުމަށް ސަރުކާރުން ގެންދަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.

ހިރިޔާ ސްކޫލްގައި 2 ދުވަހަށް ބޭއްވި މިމުބާރާތަކީ ފެނަކައިން ބޭއްވި މިފަދަ ފުރަތަމަ މުބާރާތެވެ. މުބަރާތުގެ ކިޔެވުން ކުރިއަށް ގެންގޮސްފައިވަނީ ތަފާތު އުމުރުފުރާތަކަށް ބަހާލައިގެންނެވެ. އެއްވަނަ އަށް ވަނީ 10،000 ރުފިޔާގެ އިނާމެއް ދީފައެވެ.
މިއަދު އޮންލައިން