ހެލިކޮޕްޓަރުތައް އަނބުރާ ގެންދަން އެންގި މައްސަލައިގައި އިންޑިޔާއިން ހާރިޖީ ބައްދަލުވުމެއް ބާއްވައިފި

ކިޔުމަށް ހޭދަވާނީ 42ސ
ހެލިކޮޕްޓަރުތައް އަނބުރާ ގެންދަން އެންގި މައްސަލައިގައި އިންޑިޔާއިން ހާރިޖީ ބައްދަލުވުމެއް ބާއްވައިފި
ރާއްޖެއިން އިންޑިއާއަށް ހަދިޔާ ކޮށްފައިވާ ދެ ހެލިކޮޕްޓަރު އަނބުރާ ގެންދަން އެންގި މައްސަލާގައި، އެޤައުމުން އަމަލު ކުރާނެ ގޮތަކާމެދު މަޝްވަރާ ކުރުމަށް އިންޑިއާގެ ހާރިޖީ އިސްވެރިން ބައްދަލުވުމެއް ބާއްވައިފިއެވެ.

އިންޑިއާގެ ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، އިންޑިއާގެ ހާރިޖީ އިސްވެރިން އެބައްދަލުވުން ބާއްވާފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. ބައްދަލުވުމުގައި އެންމެ އިސްކޮށް ވާހަކަ ދައްކާފައިވަނީ އިންޑިއާގެ ހާރިޖީ ވަޒީރު ސުޝްމާ ސުވަރާޖް އެވެ.

އެޤައުމުގެ އެކްސްޓާނަލް އެފެއާޒުން މައުލޫމާތު ދީފައިވާ ގޮތުގައި، މިބައްދަލުވުމުގައި މަޝްވަރާ ކޮށްފައިވަނީ، މިމަހުގެ ނިޔަލަށް އެ ދެ ހެލިކޮޕްޓަރު ގެންދަން އަންގާފައިވާތީ، އެކަމާމެދު އިންޑިއާ އިން އަމަލު ކުރާނެ ގޮތްތަކަކާ މެދުއެވެ.
މިއަދު އޮންލައިން