މިއަހަރުގެ ފިޠުރު ޒަކާތާއި ގުޅިގެން އިސްލާމިކް މިނިސްޓްރީން ނެރެފައިވާ ހިސާބުތަކަށް ބަލާއިރު ރާއްޖެތެރޭގައި ތިބި ފަޤީރުންގެ އަދަދު މަދުވެ މާލެ ސިޓީގައި ތިބި ފަޤީރުންގެ އަދަދު އިތުރުވެއްޖެ އެވެ.
2017 ވަނަ އަހަރު ރާއްޖެތެރޭގައި ތިބި ފަޤީރުންގެ އަދަދަކީ 13063 އެވެ. މިއަހަރު ތިބި ފަޤީރުންގެ އަދަދަކީ 12995 އެވެ. މިއީ 2017 ވަނަ އަހަރަށްވުރެ 68 މީހުން މަދު އަދަދެކެވެ.
2017 ވަނަ އަހަރު މާލެ ސިޓީގައި ތިބި ފަޤީރުންގެ އަދަދަކީ 3142 އެވެ. މިއަހަރު ތިބި ފަޤީރުންގެ އަދަދަކީ 3299 އެވެ. މިއީ 2017 ވަނަ އަހަރަށްވުރެ 157 މީހުން އިތުރު އަދަދެކެވެ.
މާލެ ސަރަހައްދުގައި މިއަހަރު ފިޠުރު ޒަކާތުގެ ގޮތުގައި ބޮލަކަށް 1300 ރުފިޔާ ބަހާނެއެވެ. 2017 ވަނަ އަހަރު ބަހާފައިވަނީ 1250 ރުފިޔާއެވެ.