މާލެއިން ފުރައިގެން ބ. އަތޮޅަށް ދަތުރުކުރި ކާށިދޫ ކަނޑަށް ދިޔަވެ އަރިއަޅާލުމާއި ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ކާށިދޫ ކަނޑުގައި ދިޔަވި އެދޯންޏަކީ ހިލައާއި ލަކުޑި ހިފައިގެން ދަތުރުކުރި ދޯންޏެކެވެ.
މިހާދިސާއާއި ގުޅޭގޮތުން އެމްއެންޑީއެފް އިން މައުލޫމާތު ދެއްވަމުން ވިދާޅުވީ، "ވީނަސް" ނަމަކަށް ކިޔާ އެދޯނި އަރިއަޅާލާފައިވަނީ ކާށިދޫ ބޮޑު ކަނޑުގައި ކަމަށާއި މިހާރު އެދޯނި އޮތީ ގާފަރު ހުޅަނގު އުތުރުން 13 މޭލު ބޭރުގައި ކަމަށެވެ.
އެދޯނީގައި ހަތަރު މީހުން ތިބި ކަމަށާއި އޭގެން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ވެސް އެމްއެންޑީއެފް އިން މައުލޫމާތު ދީފައިވެއެވެ.
މިދޯނި ދިޔަވުން މިހާރު ވަނީ ކޮންޓްރޯލް ކުރެވިފައެވެ.