އިންޑިއާގެ ސަރަހައްދުތަކަށް ބާރުގަދަ ޠޫފާންތަކެއް އެރުމުގެ ސަބަބުން ގިނަ ބައަކު މަރުވެއްޖެއެވެ.
އުއްތަރު ޕްރަދޭޝްއަށް އެރި ވެއްޔާއި ގަދަވައިގެ ޠޫފާނުގައި ވަނީ 13 މީހުން މަރުވެ އެތައް ބައަކަށް އަނިޔާ ލިބިފައެވެ. ޓްރިޕޫރުގައި ފެން ބޮޑުވުމުން ވަނީ 6 މީހުން މަރުވެފައެވެ.
އިންޑިއާގެ އެކި ސަރަހައްދުތަކަށް ތަފަތު ޠޫފާންތައް އަންނަ އަދަދު ގިނަވުމުގެ ސަބަބުން އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް ވަނީ ދަތިތަށް ކުރިމަތިވެފައެވެ.