މޮރޮކޯ އާވާދަކޮށް 2026 ވަނަ އަހަރުގެ ވަރލްޑް ކަޕް ބޭއްވުމަށް އެމެރިކާ، މެކްސިކޯ އަދި ކެނެޑާ ބިޑް ކާމިޔާކޮށްފިއެވެ.
މި ބިޑް ކާމިޔާބުކުރިކަން އިޢުލާން ކުރީ މިއަދު ފަށާ ވަރލްޑް ކަޕްގެ ކުރިން އިއްޔެ ބޭއްވި ފިފާގެ 68 ވަނަ ކޮންގްރެސްގައެވެ.
އެމެރިކާ، މެކްސިކޯ އަދި ކެނެޑާ ބިޑް ކާމިޔާބުކުރީ ފިފާގެ ކޮންގްރެސްގައި ނެގި ވޯޓުގެ 67 އިންސައްތަ ހޯދައިގެންނެވެ.
މި ވޯޓުގައި މެމްބަރު ޤައުމުތަކުގެ ތެރެއިން 134 ވޯޓް އުތުރު އެމެރިކާގެ ބިޑަށް ވޯޓު ދީފައިވާ އިރު، މޮރޮކޯ އަށް ލިބުނީ 65 ވޯޓެވެ. އެއް ޤައުމުން ވޯޓުގައި ބައިވެރިނުވެ ދޫކޮށްލި އިރު، މި ކޮންގްރެސްގައި ރާއްޖޭގެ ފަރާތުންވެސް ވަނީ ބައިވެރިވެފައެވެ.