ފިޠުރު ޢީދުގެ ތަހްނިޔާ ޤާސިމް އިބްރާހީމް ދިވެހި ރައްޔިތުންނަށް އަރިސްކުރައްވައިފިއެވެ.
"ބަރަކާތްތެރި ފިޠުރު ޢީދުގެ ތަހްނިޔާ އާއި ހެޔޮ އެދުންތައް އެންމެހައި ލޮބުވެތި ދިވެހި ރައްޔިތުންނަށް އަރިސް ކުރަމެވެ.
އަޅުގަނޑުގެ ދުޢާއަކީ ރަމަޟާން މަހު އަޅުގަނޑުމެން ހިފި ރޯދައާއި ކުރި އަޅުކަން މާތްﷲ ޤަބޫލުފުޅު ކުރައްވަވައި ހިފި ރޯދައާއި ކުރި އަޅުކަމުގެ ފުރިހަމަ ސަވާބު މާތް ﷲ އަޅުގަނޑުމެން އެންމެންނަށް މިންވަރުފުޅު ކުރެއްވެވުމެވެ. އެންމެހައި ދިވެހި ރައްޔިތުންނަށް ބާއްޖަވެރި އުފާވެރި ތަނަވަސް ފާގަތި މުސްތަޤްބަލެއް މިންވަރު ކުރެއްވެވުމެވެ."