ރައީސް ޢަބްދުﷲ ޔާމީން އާއި އެމަނިކުފާނުގެ އަނބިކަނބަލުން، މަހާރެހެންދި ފާޠިމަތު އިބްރާހީމް ފިޠުރު ޢީދު ސަލާމް ކުރައްވައިފިއެވެ.
ފިޠުރު ޢީދު ސަލާމް ކުރެއްވުން ކުރިއަށް ގެންދެވީ ރަސްރަނި ބަގީޗާގައެވެ. ގިނަ ބައަކު ޢީދު ސަލާން ކުރުމަށް ދިއަކަން ފާހަގަކުރެވެއެވެ.
ރާއްޖޭގައި ތިއްބަވާ ބޭރު ޤައުމުތަކުގެ ޑިޕޮލޮމެޓުންވެސް ޢީދު ސަލާން ކުރުމަށް ދިއައެވެ.
މިއަދުވެސް ރައީސް ޢަބްދުﷲ ޔާމީން އާއި ވަޒީރުން ޢީދު ނަމާދަށް ވަޑައިގަތީ މަސްޖިދު މުޙައްމަދު ތަކުރުފާނުލްއަޢްޒަމަށެވެ.