ލައުޑް ސްޕީކަރުން ތަކުބީރުގެ އަޑު ކިތަންމެ ބާރުކުރިއްޔާ ދުލުން ނުކިޔައި ސަވާބު ލިބޭނެތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ލައުޑް ސްޕީކަރުން ތަކުބީރުގެ އަޑު ކިތަންމެ ބާރުކުރިއްޔާ ދުލުން ނުކިޔައި ސަވާބު ލިބޭނެތަ؟
ޢީދު ނަމާދުތަކުގައި ކިޔަންޖެހޭ ތަކުބީރު އަޑުހަރުކޮށް ކިޔުމަކީ ދިވެހިން ވަރަށް ފޯރީގައި ކުރަމުން އައި ކަމެކެވެ. މިހާރުވެސް އާދައިގެ މިސްކިތްތަކުގަ އާއި އެހެން ނަމާދުތަކުގައި ވަރަށް ފޯރީގައި ތަކްބީރު ކިޔައެވެ.

މާލޭގައި ކުރާ ޢީދު ނަމާދުގެ ބޮޑު ޖަމާއަތަށް ބަލައިފިނަމަ އެކަން ފެންނަނީ ވަރަށް ތަފާތުކޮށެވެ. ލައުޑް ސްޕީކަރުތަކުން ވަރަށް ބާރަށް ކިޔައެވެ. ނަމަވެސް ޢާންމުން ތަކްބީރުކިޔާ އަޑު ނުވެސް އިވޭ ކަމަށް ބުނުމަކީ ދޮގަކަށް ނުވާނެއެވެ. މަޑުން ނަމަވެސް ކިޔަނީވެސް ވަރަށް މަދު މީހެކެވެ.

މިކަން މިހެން މިދިމާވަނީ ތަކްބީރު އިމާމުވެ ދެ އިމާމުން ކިޔާއިރު މީސްތަކުން އެތަނުން ކިޔަންވީ ކޮން އިމާމަކާއިއެކުގައިކަން ނުއެނގޭތީ ކަމަށް ގިނަބައަކު ބުނެއެވެ.

ބައެއް މީހުން ބުނީ އިސް އިމާމުގެ އަޑަށްވުރެ ދެވަނަ އިމާމުގެ އަޑު ތަންކޮޅެއް މަޑުކޮށްފިނަމަ ފަހަތުން ކިޔަން ތަންކޮޅެއް ފަސޭހަވާނެ ކަމަށެވެ. އަދި އެފަދަ ގޮތަކަށް އިންތިޒާމުކޮށްފިނަމަ ޢާންމުން ކިޔާ ތަކްބީރުގެ އަޑުވެސް އިވެމުންދާނެ ކަމަށެވެ.

މައްސަލައަށް އެންމެ ރަނގަޅު ހައްލު އެނގިވަޑައިގަންނަވާނީ ކަމާއިބެހޭ ފަރާތްތަކަށެވެ. ނަމަވެސް އެނގޭ ކަމަކީ ޢީދު ނަމާދުގެ ބޮޑު ޖަމާއަތަށްދާ މީހުންވެސް ތަކްބީރުކިޔަން ޖެހޭނެ ކަމެވެ. އެތައް ހާސް ބައަކު އެއްފަހަރާ ތަކްބީރުކިޔުމަކީ ހުރިހާ ގޮތަކުން ބެލި ނަމަވެސް އެކަމުގެ ފައިދާ ކުރާނެ ކަމެއް ކަމަށެވެ.

ބައެއް އިލްމުވެރިން ވިދާޅުވާގޮތުގައި ޖަމާއަތުގައި ގިނަ ބައަކު ތަކްބީރު ކިޔުމަކީ ގުޅުން ބަދަހިވާ ވެސް ކަމެއް ކަމަށެވެ. އަދި ދީނީ ރޫޙް އާލާވާ ކަމެއް ކަމަށެވެ.
މިއަދު އޮންލައިން