ފިފާ ވަރލްޑް ކަަޕްގެ ގްރޫޕް ބީގައި ޕޯޗުގަލް އާއި ސްޕެއިން ބައްދަލުކުރި މެޗު 3 ލަނޑު 3 ލަނޑުން އެއްވަރުވެއްޖެއެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ 2 ލަނޑު ޖަހާފައިވާ އިރު، ސްޕެއިންގެ ޑި ކޮސްޓާވެސް ވަނީ ލަނޑެއް ޖަހާފައެވެ.
ފޯރިގަދަ ކުޅުމެއް ދެޓީމުގެ ފަރާތުންވެސް ފެނިގެންދިޔަ މި މެޗުގެ ފަހުހާފުގައިވެސް ވަނީ ދެޓީމުން ލަނޑު ޖަހާފައެވެ.
އެގޮތުން ރޮނާލްޑޯ ވަނީ އިތުރު ލަނޑެއް ޖަހާ މުބާރާތުގެ ފުރަތަމަ ހެޓްރިކް ހަދާފައެވެ.
ސްޕެއިނުން ލަނޑު ޖަހާފައިވަނީ ޑި ކޮސްޓާ އާއި ނަޗޯއެވެ.