ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރުކަމާއި ރައީސް ކަން އަދި ނައިބު ރައީސް ކަމުގެ އިތުރުން 27 މަގާމަކަށް ކުރިމަތިލުން މިއަދު ހުޅުވާލައިފިއެވެ.
އެޕާޓީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޖޭޕީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވީ، ޖުމްހޫރީ ޕާޓީގެ ރައީސް ކަމާއި ނައިބު ރައީސް ކަމުގެ މަގާމު އަލުން އުފައްދަން ނިންމާފައިވަނީ އެޕާޓީން ރޭ ބޭއްވި ޖޭޕީގެ ގައުމީ ހިންގާ ކޮމިޓީގެ ބައްދަލުވުމުން ފާސްކޮށްގެން ފާސްކޮށްގެން ކަމަށެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރުގެ ގޮތުގައި މިވަގުތު ހުންނެވީ އެޕާޓީ އުފެއްދުމުގައި ވެސް އިސްކޮރ އުޅުއްވި ޤާސިމް އިބްރާހިމް އެވެ.
އެމަގާމުތަކަށް މީހުން ހޮވަން ހަމަޖެހިފައިވަނީ ޖުމްހޫރީ ޕާޓީން މިހިނގާ ޖޫން މަހުގެ 28 އަދި 29 ގައި ބާއްވާ އެޕާޓީގެ ޤައުމީ ކޮންފަރެންސްގައެވެ.
ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ބާއްވާ އެކޮންފެރެންސްގައި 400 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވާނެ ކަމަށް ސަމީރު ވިދާޅުވިއެވެ.