ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން މިމަހު 21 ވަނަ ދުވަހު ބާއްވާ ޤައުމީ ކޮންގްރެސްއަށްފަހު އެޕާޓީއަށް ބޮޑެތި ކުރިއެރުންތައް ލިބެމުންދާނެ ކަމަށް ސެކެޓްރީ ޖެނެރަލް އަޙްމަދު ސަމީރު ވިދާޅުވެއްޖެއެވެ.
ސަމީރު ވިދާޅުވީ ކޮންގްރެސްގައި 400 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވާނެ ކަމަށާއި އެއީ ޖަލްސާ ބާއްވާ މާލަމުގައި ތިބެވޭނެ އެންމެ ގިނަ އަދަދު ކަމަށެވެ. "ބައިވެރިވާން ބޭނުންވާ އިތުރު އެތައް ބައަކުވެސް އެބަތިބި."
ސަމީރު ވިދާޅުވީ ޕާޓީގެ ހިންގާ ޤަވާއިދަށް ގެންނަން ފެންނަ އިސްލާޙްތައް ޤައުމީ ހިންގާ ކޮމިޓީން ރޭ ވަނީ ފާސްކޮށްފައި ކަމަށާއި ކޮންގްރެސްގައި އިތުރަށް މަޝްވަރާކޮށް ފާސްކުރެވޭނެ ކަމަށެވެ. އަދި އިންތިޚާބުކުރަންޖެހޭ މަޤާމުތަކަށް ކުރިމަތިލުމަށް ހުޅުވައިލި ފުރުޞަތު ހަމަވާނީ މިމަހުގެ 19 ވަނަ ދުވަހަށް ކަމަށެވެ. "ޕާޓީގެ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ޕާޓީގެ ހުރިހާ މެންބަރުންނަށް ވެސް ވަނީ ޢާންމުކޮށް ހުޅުވާލައިފަ."
"ޕާޓީގެ ލީޑަރުގެ މަޤާމާއި ރައީސްގެ މަޤާމާއި 4 ނައިބް ލީޑަރުންނާއި ނައިބް ރައީސްގެ މަގާމަށާއި ޕާޓީގެ އެހެން ގުނަވަންތަކުގެ ވެރިންވެސް އިންތިޚާބުކުރެވޭނެ." ކަމަށްވެސް ސަމީރު ވިދާޅުވިއެވެ.
ސަމީރުގެ ބަޔާން (އޯޑިއޯ):