ގާނޫނާ އެއްގޮތަށް ވޯޓާރސް ލިސްޓު ހުށަހަޅާދެއްވާ- އީސީ

ކިޔުމަށް ހޭދަވާނީ 54ސ
ގާނޫނާ އެއްގޮތަށް ވޯޓާރސް ލިސްޓު ހުށަހަޅާދެއްވާ- އީސީ
މިއަހަރުގެ ސެޕްޓެމްބަރ މަހުގެ 23 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ ފަރާތްތަކުގެ ލިސްޓަށް ހުށަހަޅާ އިސްލާހުތައް އިތުރުވާން ފަށައިފި ކަމަށާއި އިސްލާހު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމުން ނޫސްތަކުގަޔާއި، ނޫސްވެރިންގެ ބައްދަލުވުންތަކުގައި އިސްލާހު ހުށަހެޅުމުގެ ބަދަލުގައި އެކަން ކުރަން އޮންނަ އުސޫލުން އެކަން ކުރުމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު އާދަމް ވިދާޅުވެއްޖެއެވެ.

"އިސްލާހު ހުށަހަޅަން ހުޅުވާލުމުން ބައެއް ފަރާތްތަކުން ނޫހުގައާއި ޕްރެސް ކޮންފަރެންސް ތަކުގައި އިސްލާހު ހުށަހަޅާތަން އަޅުގަނޑުމެންނަށް ފެންނަނީ. ބުނަނީ ވޯޓާސް ލިސްޓުގައި މިހެން އެބަ ހުއްޓޭ. އަޅުގަނޑުމެން އެދިފައި އޮންނާނީ ޤާނޫނީ ގޮތުން އިސްލާހު ހުށަހަޅަން އޮންނަ ގޮތަށް ހުށަހަޅުއްވާ ދެއްވާށޭ" ޝަރީފް ވިދާޅުވިއެވެ.

އީސީއިން އެފަދައިން އެދިފައި ވަނިކޮށް، އެގޮތަށް ޢަމަލު ނުކޮށް އެހެން ތަންތާނގައި އެވާހަކަ ދައްކަނީ އިސްލާހު ކުރަން ބޭނުން ނުވަތީ ކަމަށް ބެލެވޭ ކަމަށް ވެސް އިލެކްޝަންސް ކޮމިޝަންގެ ރައީސް ވިދާޅުވެފައިވެއެވެ.
މިއަދު އޮންލައިން