ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ޚާއްސަ ކޮށްގެން ބާއްވާ ހަރަކާތެއްގެ ގޮތުން، މިރޭ މާލޭގައި ހަވާ އަރުވަން ހަމަޖައްސާފައިވާ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދީފިއެވެ.
އެމްއެންޑީއެފް އިން ބުނި ގޮތުގައި، ހަވާ އެރުވުން އޮންނާނީ މިރޭ ގަނޑިން 20:30 ގައި ރަސްފަންނުގައި ކަމަށެވެ.
ހަވާ އަރުވާނީ ގާތްގަނޑަކަށް ތިން މިނެޓު ވަންދެން ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.
މާލޭގައި އެންމެ ފަހުން ހަވާއަރުވާފައިވަނީ، ރަސްފަންނުގައި ތަރައްޤީކުރި ޕެވީލިއަން އާއި ގްލޯރިއާ ޖީންސް ކޮފީޝޮޕް މިއަހަރުގެ އޭޕްރިލް މަހު ހުޅުވުމުގެ ރަސްމިއްޔާތުގައެވެ.