ސަރުކާރުން ފަށާފައިވާ ބޮހިޔާވާވަހިކަމުގެ މަޝްރޫއު ކަމުގައިވާ "ހިޔާ" ގެ ދަށުން ފްލެޓަށް އެދޭ ފޯމު ބަލައިގަތުން މިއަހަރުގެ ފިޠުރު ޢީދަށް މެދުކަނޑާލުމަށް، އަލުން ފަށައިފިއެވެ
.
ހައުސިން މިނިސްޓްރީގެ މީޑިއާ ކޮންސަލްޓެންޓް އަޙުމަދު ފަޒާލް ވިދާޅުވީ "ހިޔާ" މަޝްރޫއު އަށް ފޯމު ބަލައިގަތުން މިއަދުން ފެށިގެން ބުރާސްފަތި ދުވަހާ ހަމައަށް ކޮންމެ ދުވަހެއްގެ ހެނދުނު 10:30 އިން ހަވީރު 16:00 އަށް އަދި ރޭގަނޑު 20:00 އިން 23:00 އަށް ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ކުރިއަށް ދާނެ ކަމަށެވެ.
ބުރާސްފަތި ދުވަހުން ފެށިގެން ފޯމު ބަލައިގަންނާނެ ގަޑިތައް ފަހުން އިއުލާނު ކުރާނެ ކަމަށް ވެސް ފަޒާލް ވިދާޅުވިއެވެ.