ފިފާ ވަރލްޑް ކަޕްގައި ގްރޫޕް ޖީގައި ހިމެނޭ އިންގްލެންޑާއި ޓިއުނީޝިއާ ބައްދަލުކުރި މެޗު އިންގްލެންޑުން ކާމިޔާބުކޮށްފިއެވެ.
މި މެޗުގައި އިންގްލެންޑުގެ ކެޕްޓަން ހަރީކޭން ވަނީ 11 ވަނަ މިނެޓުގައި ގޯލެއް ޖަހާ ލީޑުނަގާފައެވެ.
އެހެންނަމަވެސް 35 ވަނަ މިނެޓުގައި އިންގްލެންޑުގެ ޑިފެންޑަރ ވޯލްކަރ ކުރި ފައުލަކަށް ލިބުނު ޕެނަލްޓީ ޓިއުނީޝިއާފެ ސަސީ ވަނީ ކާމިޔާބުކޮށް ނަތީޖާ ހަމަކޮށްފައެވެ.
ފުރަތަމަ ހާފު ޑޮމިނޭޓުކޮށްގެން ކުޅެމުންދިޔަ އިންގްލެންޑުން ވަނީ ގިނަ ހަމަލާތަކެއް ޓިއުނީޝުއާގެ ގޯލަށް ފޮނުވާލާފައެވެ. އެކަމަކު ލަނޑަކަށް ބަދަލުކޮށްލެވޭގޮތް ވަނީ ނުވެފައެވެ.
މި ނަތީޖާގައި މެޗު ނިމެންދަނިކޮށް އިންގްލެންޑަށް މެޗު ކާމިޔާބުކޮށްދިނީ ކެޕްޓަން ހަރީކޭންއެވެ. އޭނާ ލިލަނޑުޖެހީ މެޗުގެ އިތުރުވަގުތުގައެވެ.
މި މެޗުގެ މޭން އޮފް ދަ މެޗުގެ މަޤާމު ލިބުނީވެސް ހަރީކޭންއަށެވެ.