ރައީސް ނަޝީދާ ޤާސިމް އިބްރާހީމް ހޯދަން އުޅުމަކީ ފުލުހުން ކުރަންއުޅޭ ސިޔާސީ މަސައްކަތެއް: ސަމީރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 40ސ
ރައީސް ނަޝީދާ ޤާސިމް އިބްރާހީމް ހޯދަން އުޅުމަކީ ފުލުހުން ކުރަންއުޅޭ ސިޔާސީ މަސައްކަތެއް: ސަމީރު
ރައީސް މުޙައްމަދު ނަޝީދު އާއި ޤާސިމް އިބްރާހީމް ހޯދަން އުޅުމަކީ ފުލުހުން ކުރަންއުޅޭ ސިޔާސީ މަސައްކަތެއް ކަމަށާއި ތިބިތަނާއި ހާލަތު އެނގޭ ބައަކު ހޯދަން މަސައްކަތްކުރުމަށްވުރެ ފުލުހުންނާއި ސިފައިންގެ މައްޗަށް އައުލާކަން ބޮޑީ ޤާނޫނުތަކަށާއި އިސްލާމް ދީނާއި ޚިލާފަށް ކަންކަން ކޮށްފައިވާ ކަމަށް އިއުތިރާފްވެފައިވާ މީހުން ހޯދައި ތަޙްޤީޤްކޮށް އިންސާފުގެ ކުރިމައްޗަށް ގެންދިއުން ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ސެކެޓްރީ ޖެނެރަލް އަހްމަދު ސަމީރު ވިދާޅުވެއްޖެއެވެ.

ސަމީރު މިރޭ ވިދާޅުވީ އޭސީސީ އާއި ފުލުހުން މިއަދު "ހެލިގަންނަނީ" ރައީސް ޢަބްދުﷲ ޔާމީން އަންގަވާ ކަންކަން ތަންފީޒުކުރަން ކަމަށާއި އެތަންތަން މިހާރު ހުރިހާލަތާއި އެތަންތަނުން އަމަލުކުރަމުން ގެންދާ ގޮތް އެންމެންނަށްވެސް ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ.

"ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން 1 ފެބްރުއަރީގައި ނެރުނު އަމުރު ބާޠިލު ކޮށްފިތޯ؟ ނުކުރޭ. އެހެންވީމާ އެ ހުކުމް ތަންފީޒުކުރަން ނުކުންނަންވީ ނޫންތޯ؟ ޑިފެންސް ފޯސް ނުކުންނަންވީ ނޫންތޯ؟ ހަމައެފަދައިން ސައްތައިން ސައްތަ މުސްލިް ޤައުމެއްގައި ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުރި މީހަކު އިސްލާމް ދީނާއި ޚިލާފް އަމަލުތައް ހިންގައި އަދި ވައްކަމާ ފަސާދައިގެ ތެރޭގައި އެމަނިކުފާނުގެ ދައުރު އޮތްކަމުގެ ވާހަކަތައް ތަކުރާރުކޮށް އަމިއްލަފުޅަށް އިއުތިރާފްވެވަޑައިގެންފައި އޮތްއިރު އެމަނިކުފާނު ހައްޔަރުކޮށްގެން އެކަންކަން ބަލަން ދިވެހި ފުލުހުންނަށާއި ސިފައިންނަށް ކެރިވަޑައި ނުގަންނަވަނީ ކީއްވެގެންތޯ؟" ސަމީރު ވަނީ ސުވާލުކުރައްވައިފައެވެ.

ސަމީރު ވިދާޅުވީ ރައީސް ނަޝީދު އާއި ޤާސިމް އިބްރާހީމް އާއިމެދު ކަންކަން ކޮށްފައިވާ ގޮތާއި ޙުކުމް ކޮށްފައިވާ ގޮތް 1 ފެބްރުއަރީގެ އަމުރުން ފުލުހުންނަށާއި ސިފައިންނަށްވެސް ސާފުވާނެ ކަމަށެވެ. އެހެންކަމުން އެ ޙުކުމް ތަންފީޒުކޮށްދިނުމުން ޤައުމުގެ ކަންކަން ހަމަމަގަށް އެޅިގެންދާނެ ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށެވެ.

ސަމީރުގެ ވާހަކަފުޅު (އޯޑިއޯ):

މިއަދު އޮންލައިން