ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ވަގުތު އިތުރުކޮށްފި

ކިޔުމަށް ހޭދަވާނީ 44ސ
ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ވަގުތު އިތުރުކޮށްފި
މިއަހަރުގެ ރިޔާސީ އިންތިހާބުގެ ވޯޓާސް ލިސްޓާއި ގުޅޭގޮތުން ޝަކުވާ ހުށަހެޅުމަށް ދިން ވަގުތު މިރޭ 22:30 އާއި ހަމައަށް އިތުރުކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެމްބަރު އަހުމަދު އަކުރަމް ވިދާޅުވީ ވޯޓާސް ލިސްޓާއި ގުޅޭގޮތުން ޝަކުވާ ހުށަހެޅުމުގެ ވަގުތު އިތުރު ކުރީ ވީހާވެސް ގިނަ ބަޔަކަށް އެފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.

"ކުރިން އަޅުގަނޑުމެން ދީފައިވާނީ މިއަދު މެންދުރު 13:30 އާއި ހަމައަށް މުއްދަތު. ނަމަވެސް ލިސްޓުގެ ޝަކުވާއަށް ފުރުސަތު ދިނުމުގެ ގޮތުން އަޅުގަނޑުމެންވާނީ މިރޭ 22:30 އާއި ހަމައަށް އެމުއްދަތު އިތުރުކޮށް، އެކަން އެކި ޕާޓީތަކަށް ވެސް އަންގާފައި" އަކްރަމް ވިދާޅުވެފައިވެއެވެ.

އަކުރަމް މައުލޫމާތު ދީފައިވާ ގޮތުގައި ވޯޓާސް ލިސްޓާ ގުޅޭގޮތުން އިއްޔެގެ ނިޔަލަށް 69 ޝަކުވާ ހުށަހަޅާފައިވެއެވެ. އެޝަކުވާތަކުގައި ހިމެނެނީ މަރުވެފައިވާ ބައެއް މީހުން ލިސްޓުގައި ހިމެނޭ މައްސަލައާއި އުމުރުން 18 އަހަރު ނުފުރޭ ކުޑަކުދިންގެ ނަން ލިސްޓުގައި ހިމެނޭ މައްސަލައެވެ.
މިއަދު އޮންލައިން