ޔުނައިޓެޑް ފުޑް ސަޕްލައިސްގެ ފިހާރައެއް މާލޭގައި ހުޅުވައިފި

ކިޔުމަށް ހޭދަވާނީ 38ސ
ޔުނައިޓެޑް ފުޑް ސަޕްލައިސްގެ ފިހާރައެއް މާލޭގައި ހުޅުވައިފި
ރީޓޭލް މާކެޓަށް އަމާޒުކޮށްގެން ޔުނައިޓެޑް ފުޑް ސަޕްލައިސް ލިމިޓެޑްގެ ފިހާރައެއް ހެންވޭރު ހިތައް ފިނިވާމަގު ސަލާތައީ ރެސްޓޯރަންޓް ކައިރީގައި ހުޅުވައިފިއެވެ.

އެގޮތުން މިފިހާރައިން ވިއްކާތަކެތީގެ ތެރޭގައި ފަރަންސޭސި ކުކުޅާއި ޓާރކީ ހިމެނެއެވެ. ޔުނައިޓެޑް ފުޑް ސަޕްލައިސް އިން މައުލޫމާތު ދީފައިވާ ގޮތުގައި އެތަކެއްޗަކީ ޔޫރަޕްގެ މިންގަނޑުތަކަށް ފުރިހަމައަށް ފެތިގެން ފަރަންސޭސި ވިލާތުގައި ވިހައި ބޮޑުކޮށް ހަލާލު ގޮތުގައި ކަތިލައި ޕްރޮސެސް ކުރެވިފައިވާ ޕްރޮޑަކްޓެކެވެ.

މިފިހާރާއިން ލިބެންހުރި އިތުރު ބާވަތްތަކުގެ ތެރޭގައި އެމީ ކިރާއި ޔޯގަޓް، އަދި ސްވިސްޗޮކްލެޓު ހިމެނެއެވެ. މިއީ ރާއްޖޭގައި މިވަގުތު ވިއްކަމުންދާ މިފަދަ ބާވަތްތަކުގެ ތެރެއިން އެންމެ ކޮލިޓީ ބާވަތްތައް ކަމަށް ޔުނައިޓެޑް ފުޑް އިން ބުނެފައިވެއެވެ.

މިއަދު އޮންލައިން