ޖަލު ބަންދުގައި ތިބި ސިޔާސީ ލީޑަރުންގެ އަނބިއަނބިކަނބަލުންނާ އޮސްޓްރޭލިއާގެ ސަފީރު ބައްދަލްކުރައްވައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 17ސ
ޖަލު ބަންދުގައި ތިބި ސިޔާސީ ލީޑަރުންގެ އަނބިއަނބިކަނބަލުންނާ  އޮސްޓްރޭލިއާގެ ސަފީރު ބައްދަލްކުރައްވައިފި
ސިޔާސީ އެކި ސަބަބުތަކާއި ގުޅިގެން ޖަލުގައި ބަންދުކޮށްފައި ތިއްބެވި ސިޔާސީ ލީޑަރުންގެ އަނބިއަނބިކަނބަލުންނާއި އޮސްޓްރޭލިއާގެ ސަފީރު ބްރައިސް ހަޗިސަން މިއަދު ބައްދަލްކުރައްވައިފިއެވެ.

މި ބައްދަލްވުމާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފްގެ އަނބިކަނބަލުން ނަސްރާ ނަސީމް ވިދާޅުވެފައިވަނީ މި ބައްދަލްވުމުގައި އޮސްޓްރޭލިއާގެ ސަފީރު އެކަނބަލުންގެ މަސައްކަތްތަކަށް ހިތްވަރު ދެއްވާ ވާހަކަފުޅު ދެއްކެވިކަމަށާއި ބައްދަލްވުމުގައި ބައިވެރިވެވަޑައިގެންނެވި ބޭކަނބަލުންވެސް އެ ބޭފުޅުންނަށް ދިމާވެފައިވާ ކަންތައްތަކާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާ ވާހަކަދެއްކެވިކަމަށެވެ.

ބޭރު ޤަުމުތަކުގެ ސަފީރުން ބާއްވަވަމުން ގެންދަވާ މިފަދަ ބައްދަލްވުންތަކުގެ ސަބަބުން އިތުރު ހިތްވަރަކާއިއެކު ކުރިއަށްދިއުމަށް ވަރަށް ބޮޑު ބާރެއް ލިބިގެންދާކަން ހުރިހާ ބޭކަނބަލުން ފާހަގަކުރެއްވިކަމަށް ވެސް ނަޒްރާ ވަނީ ވިދާޅުވެފައެވެ.

މި ބައްދަލްވުމުގައި ނަޒްރާގެ އިތުރަށް ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު އަބްދުﷲ ރިޔާޟްގެ އަނބިކަނބަލުން އައިޝަތު ނަދާއާއި، އަދާލަތު ޕާޓީގެ ރައީސް އައްޝައިހް އިމްރާން އަބުދުﷲގެ އަނބިކަނބަލުން މަރިޔަމް ރީމްއާއި، ކުރީގެ ނާއިބް ރައީސް އަހްމަދު އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާއާއި ފާރިސް މައުމޫންގެ އަނބިކަނބަލުން މަރިޔަމް ލީޝިޔާ ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަދު އޮންލައިން