ބޮޑުތަކުރުފާނުމަގުގައި ހުންނަ އެފްއެސްއެމް 1 މިއަދުން ފެށިގެން ހަމައެކަނި 4 ފުރޮޅުލީ އުޅަނދުތަކަށް ޕެޓްރޯލް އަޅައިދިނުމަށް ޚާއްޞަކޮށްފިއެވެ. މިގޮތަށް ހަމަޖެއްސުމުން އަޖީއެމްއެޗާއި ކާނިވާ ސަރަހައްދުގައި ހުރި ޝެޑްތަކުން ޚިދުމަތް ދޭނީ ހަމައެކަނި ސައިކަލުތަކަށެވެ.
އެފް އެސްއެމް އިން ބުނީ މާލޭގައި ތެޔޮ ވިއްކުމުގައި އަމަލުކުރަމުންދާ ގަވާއިދަށް މި ބަދަލުތައް ގެނައީ މާލޭގެ ބޮޑުތަކުރުފާނުމަގު ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް ދާތީ ކަމަށެވެ.
މި ގެނައި ބަދަލުގެ ސަބަބުން ސައިކަލަށް ޕެޓްރޯލް އެޅުމަށް ހަމަޖެހިފައިވާ ޝެޑްތަކުގައި އާދަޔާ ޚިލާފަށް މިރޭ ވަނީ ކިޔޫ ދިގުވެފައެވެ. މިރޭ ކިޔޫ ދިގުވި ނަމަވެސް މި ޤަވާއިދަށް ޢަމަލުކުރަން ފެށުމުން ހައްލުވެގެންދާނެ ކަމަށް ބެލެވެއެވެ.