ފިލައިގެން އުޅޭ ވެރިންނާ ސުވާލުވެވޭ ދުވަހެއް އަންނާނެ - އެދުވަހުން ރޯނެކަން ޔަޤީން: ޝައިޚް ޢަލީ ޒައިދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 1ސ
ފިލައިގެން އުޅޭ ވެރިންނާ ސުވާލުވެވޭ ދުވަހެއް އަންނާނެ - އެދުވަހުން ރޯނެކަން ޔަޤީން: ޝައިޚް ޢަލީ ޒައިދު
މަސްއޫލުވެރިންނާއި ކަންކަން ހަވާލުވެފަވަނީ އެމީހަކު ހިތުހުރި ގޮތަކަށް ކަންކަން ކުރަން ނޫން ކަމަށާއި އަމާނާތްތެރިކަމާއި އަދުލުވެރިކަމާއިއެކު ކަންކަން ކުރަން ކަމަށް އަދި ހަވާލުވެފައިވާ މަސްއޫލިއްޔަތު އަދާނުކޮށް. "ފިލައިގެން" އުޅެވިދާނެ ކަމަށާއި ނަމަވެސް ސުވާލުވެވޭނެ ދުވަހެއް އަންނާނެ ކަމަށާއި އެދުވަހުން ރޯނެކަން ޔަޤީން ކަމަށް އައްޝައިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.

"އެކަން ހަނދާންކޮށްލަ ދެއްވާ ކަމަށް ވިދާޅުވެ ޝައިޚް ޢަލީ ޒައިދު މިމޭރުމުން މިއަދު ޓްވީޓް ކުރައްވާފައިވާއިރު ދީނީ ނަޞޭހަތް ދެއްވުމަށް ޝައިޚް ޢަލީ ޒައިދަށް އިސްލާމީ މިނިސްޓްރީން ދޫކޮށްފައިވާ ހުއްދަ އަދިވެސް ވަނީ ހިފަހައްޓައިފައެވެ.

"މަސްއޫލުވެރިންނާ ކަންކަން ހަވާލުވެފަވަނީ ހިތުހުރި ގޮތަކަށް ކަންކަން ކުރާކަށް ނޫން! އަމާނާތްތެރިކަމާ އަދުލުވެރިކަމާއެކު ކަންކަން ކުރަން. މިކަންކަން ނުކޮށް އަދި "ފިލައިގެން" އުޅެވިދާނެ! ނަމަވެސް ސުވާލުވެވޭނެ ދުވަހެއް އަންނާނެ! އެދުވަހުން ރޯނެކަން ޔަޤީން! އެކަން ހަނދާންކޮށްލަދެން!."
މިއަދު އޮންލައިން