މިހުސްވި ރޯދަ މަހު ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒަޚަމްވެ ޓްރީޓޮޕް ހޮސްޕިޓަލުން ފަރުވާ ހޯދި ޒުވާނާގެ ހޮސްޕިޓަލު ބިލަށް ދައްކަން ޖެހުނު އެއްލައްކައަށްވުރެ ގިނަ ރުފިޔާ އާންމުންގެ އެހީއާއި ވެސް އެކު ދައްކައިފިއެވެ.
މިހިނގާ ޖޫން މަހުގެ އެއްވަނަ ދުވަހު ހިނގި މިއެކްސިޑެންޓުގައި ޒަހަމްވެފައިވަނީ ލ. ކަލައިދޫ ޕެންޒީމާގޭ މުޙައްމަދު ނިޒާމް (22އ.) އެވެ. އޭނާގެ ބިލަށް އެރި 350،000 ރުފިޔާ އެރުމުން އެފައިސާ ނުދެއްކިގެން ހޮސްޕިޓަލުން ނުނިކުމެވި އިތުރަށް ފަސް ދުވަހު އޭނާ އެހޮސްޕިޓަލުގައި އޮންނަން ޖެހުނެވެ. އަދި އެގޮތަށް އޮތް ކޮންމެ ދުވަހަކަށް ވެސް ބިލަށް ފައިސާވަނީ އިތުރުވެފައެވެ.
ޓްރީޓޮޕް ހޮސްޕިޓަލުން ދޭ 30 އިންސައްތަ ޑިސްކައުންޓާއި އިންޝުއަރެންސްގެ އިތުރުން އާސަންދައިގެ އެހީއިން އެބިލުގެ ބޮޑު ބައި ދައްކައިދީފައިވެއެވެ. ނަމަވެސް ނުދެއްކި ބާކީ އިން 111،000 ރުފިޔާ އާއިލާއިން ހަމަކުރީ އާންމުންގެ އެހީތެރިކަމާއެކުއެވެ.