ޔޯގާއަކީ ހިންދޫންގެ ދީނީ ކަމެއް ކަމަށް ބުނާއިރު ސޯޝަލް ސެންޓަރުގައި ހިންގާ ޔޯގާ ކްލާސް ހިންގަނީ އިންޑިއާ ހައިކޮމިޝަނަކުން ނޫނެވެ. އެކްލާހަށް ދައްކަންޖެހޭ ފީ ދައްކަން ޖެހެނީ އިންޑިއާ ހައިކޮމިޝަނަކަށް ނޫނެވެ. އެފައިސާ ޖަމާކުރެވެނީ އިންޑިއާ ހައިކޮމިޝަނުގެ އެކައުންޓަކަށްވެސް ނޫނެވެ. ކްލާސް ހިންގަނީ ސަރުކާރުންނެވެ. ފީ ބަލައިގަންނަނީ ސޯޝަލް ސެންޓަރަށެވެ.
ޔޯގާގައި ހިމެނޭ ބައެއް ހަރަކާތްތަކަކީ ހިންދޫ ދީނުގެ ތެރެއިން ފަތުރާފައިވާ ހިންދޫ ދީނާއި ގުޅުންހުރި ކަންކަން ކަމަށާއި އެކަންކަން މުސްލިމުން ކުރަން ހެޔޮނުވާނެ ކަމަށް ރާއްޖޭގެ ބައެއް ދީނީ ޢިލްމްވެރިން ވަނީ ފަތުވާ ދެއްވައިފައެވެ. އެއަޑުތައް އިސްލާމިކް މިނިސްޓްރީން އަހައި ރާއްޖޭގައި ޔޯގާގެ ހަރަކާތްތައް ހިންގުން ހުއްޓުވައިފިނަމަ ރާއްޖޭގައި ޔޯގާގެ ހަރަކާތްތައް ކުރިއަށް ގެންގޮސްގެން އިސްލާމިކް މިނިސްޓްރީގެ ވެރިންނަށް ކަންބޮޑުވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެ ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ.
Yoga ge namuga laadhiniyyathu fathuran mikurevey masaikathaa dheytherey gaumaa dheytherey visnaa fikuru kuraa bayaku visnan ebajehey!! Hakudhengnaa Bodubeybe vegen ai uraalaigen loa maraalaigen thibeynama gaumiyathu gelli hingaadhaane. https://t.co/zgRDZ2WiCJ
— علي ادم (@aliadam1978) June 21, 2018