ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް ކަނޑައެޅުމުގެ ބާރު ކައުންސިލަށް ދީފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް ކަނޑައެޅުމުގެ ބާރު ކައުންސިލަށް ދީފި
ޖުމްހޫރީ ޕާޓީން އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް ކަނޑައެޅުމުގެ ބާރު ޕާޓީގެ ކައުންސިލަށް ލިބިދޭ ގޮތަށް ހިންގާ ޤަވާއިދު އިޞްލާޙްކޮށްފިއެވެ. މިހައިތަނަށް ޤަވާއިދުގައި އޮތީ ރިޔާސީ ކެންޑިޑޭޓަކަށް ވާންޖެހޭނީ ޕާޓީގެ ލީޑަރު ކަމަށެވެ.

މިފަދަ އިޞްލާޙެއް ފާސްކޮށްފައިވާއިރު ޤާނޫނު އަސާސީއަށް މިސަރުކާރުން ބޭނުންވެގެން ގެނައި އިޞްލާޙްގެ ސަބަބުން ލީޑަރު ޤާސިމް އިބްރާހީމްއަށް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުޞަތު އަދި ވަނީ ގެއްލުވާލައިފައެވެ. އަދި އެމަނިކުފާނުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ބަޔާނުގެ ސަބަބުން ނުވަތަ ކޮށްފައިވާ ޙުކުމުގެ ސަބަބުންވެސް އެ ފުރުޞަތު އަދި ވަނީ ގެއްލިވަޑައިގެންފައެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބަށް ބަލާއިރު ޕީޕީއެމުގެ ކައުންސިލުން ވަނީ ރިޔާސީ ކެންޑިޑޭޓަކަށް ޕާޓީގެ މުޝްތަޝާރު ރައީސް ޢަބްދުﷲ ޔާމީން ހަމަޖައްސައިފައެވެ.

އެމްޑީޕީގެ ޕްރައިމަރީގައިވަނީ ރައީސް ނަޝީދު ގިނިކަންޏާ ވާދަކުރައްވައިގެން ޕްރައިމަރީ ކާމިޔާބުކުރައްވައިފައެވެ. ޕްރައިމަރީ ކާމިޔާބު ކުރެއްވި ނަމަވެސް ރައީސް ނަޝީދުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ޙުކުމުގެ ސަބަބުން ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުޞަތު އަދި ވަނީ ގެއްލިވަޑައިގެންފައެވެ.
މިއަދު އޮންލައިން