އިންޑިއާ އިން ކޯޓާ ކުޑަކުރި ނަމަވެސް ރާއްޖޭގަ ކާޑުގެ ބާވަތްތަކުގެ އަގު ބޮޑެއް ނުވާނެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
އިންޑިއާ އިން ކޯޓާ ކުޑަކުރި ނަމަވެސް ރާއްޖޭގަ ކާޑުގެ ބާވަތްތަކުގެ އަގު ބޮޑެއް ނުވާނެ
އިންޑިއާ އިން ކޯޓާ ކުޑަކުރި ނަމަވެސް ކާޑުގެ ބާވަތްތަކުގެ އަގު ރާއްޖޭގައި ބޮޑުވެގެން ނުދާނެ ކަމަށް ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

މިކަމާއި ގުޅިގެން އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ޝަހީރު މިއަދު ވިދާޅުވީ އިންޑިއާގެ ނިންމުން އެސްޓީއޯއަށް އަދި ލިބިފައި ނުވާތީ އެކަމާއި ގުޅުވައިގެން އެއްވެސް ކޮމެންޓެއް ކުރައްވަން ބޭނުންފުޅު ނޫން ކަމަށެވެ. "ނަމަވެސް އަޅުގަނޑު ޔަޤީންކަން ދެން ރާއްޖެއަށް ބޭނުންވާ ކާޑުގެ ބާވަތްތައް އެއްވެސް ދަތިކަމެއް ނެތި ލިބެން ހުންނާނެ ކަމުގެ."

އިންޑިއާއިން ފުށާއި ހަކުރު ގަންނަން ލިބޭ އަގު ބޮޑުވުމުން މިހާރުވެސް އެސްޓީއޯއަށް އެ ދެ ބާވަތް އެތެރެކުރަނީ އެހެން ޤައުމުތަކުންނެވެ.
ހަނޑުލަށް ބަލާއިރު އާދައިގެ ހަނޑުލަށް ދިވެހިން ކިޔައި އުޅެނީ ބަރުމާ ހަނޑުލެވެ. އެއީ އެންމެ ކުރިންސުރެ ރާއްޖެއަށް ހަނޑޫ އެތެރެކުރަމުން އައީ ބަރުމާއިން ކަމަށްވާތީއެވެ. ކުރީގެ ބަރުމާ، މިހާރު މިޔަންމާ އިން ހަނޑޫ ލިބެންހުރި އަގުތަކަށްބަލާއިރު އިންޑިއާއަށްވުރެ ބޮޑެއް ނޫނެވެ. މިޔަންމާ އާއިއެކު ވިޔަފާރިކުރުމަށް މިހާރު އެއްވެސް ހުރަހެއް ނެތެވެ.

އެހެންކަމުން ކާޑުގެ ބާވަތްތަކުގެ އަގު ރާއްޖޭގައި އުފުލިގެންދާނެ އެއްވެސް ސަބަބެއް އޮތް ކަމަކަށް ވެސް ނުބެލެވެއެވެ. ނަމަވެސް ރާއްޖެއަށް ބޭނުންވާ އަދަދަށް ހަވާދާއި އަލުވި ފިޔާ ބިސްފަދަ ތަކެތީގެ އިންޑިއާ އިން ނުލިބޭނަމަ ފްރެއިޓް ބޮޑުވެ އަގުތައް ކޮންމެވެސް މިންވަރަކަށް އުފުލިގެންދާނެ ކަމަށް ބެލެވެއެވެ.
މިއަދު އޮންލައިން