ޖުމްހޫރީ ޕާޓީގެ ލީޑަރުކަމުގެ މަޤާމުގައި މިއަދާއި ހަމައަށް ހުންނެވި ޤާސިމް އިބްރާހީމްގެ ނަންފުޅު ކަރުދާހުން ފޮހެލުވި ނަމަވެސް ޖޭޕީގެ މެންބަރުންނާއި ދިވެހިރައްޔިތުންގެ ހިތްތަކުން އެމަނިކުފާނުގެ ނަންފުޅު ދުވަހަކުވެސް ފޮހެނުލެވޭނެ ކަމަށް ޖޭޕީގެ ނައިބް ލީޑަރު އަމީން އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޖޭޕީގެ 3 ވަނަ ކޮންގްރެސްގެ މިއަދުގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އަމީން އިބްރާހީމް ވިދާޅުވީ ޤާސިމް އިބްރާހީމް ޖޭޕީއަށާއި ދިވެހި ޤައުމަށް ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކުގެ ހަނދާންތައް ވަނީ ދިވެހި ޤައުމުގައި ބިންވަޅު ނެގިފައި ކަމަށާއި އެކަމުގެ ސަބަބުން ރައްޔިތުންގެ ހިތްތަކުގައިވެސް ވަނީ ބިންވަޅު ނެގިފައި ކަމަށެވެ.
އަމީން އިބްރާހީމް ވިދާޅުވީ ޤާސިމް އިބްރާހީމް އަކީ ރާއްޖޭގެ އިޞްލާޙީ މަސައްކަތްތަކުގެ މައިތަނބު ކަމަށާއި އެމަނިކުފާނަކީ އިޞްލާޙީ މަސައްކަތްތަކުގެ ފުރާނަ ކަމަށެވެ. އެމަނިކުފާނު ނެންގެވި އިޞްލާޙީ މަސައްކަތްތަކުގެ ދިދައިގައި އެމަނިކުފާނު ހިއްޕަވައި ސާބިތުކަމާއިއެކު ދެމިހުންނެވި ފަދައިން އަމީންވެސް ސާބިތުކަމާއިއެކު ދެމިހުންނަވާނެ ކަމަށެވެ.
އަމީން ވިދާޅުވީ ޤައުމަށް ކުރިމަތިވާ ނުރައްކައުތެރި ކޮންމެ ދަނޑިވަޅެއްގައި ޤައުމު ސަލާމަތްކުރެއްވުމަށް ޤާސިމް އިބްރާހީމް ވަނީ ވަރަށް ބޮޑެތި މަސައްކަތްޕުޅުތަކެއް ކުރައްވަވާ ޙިކުމަތްތެރި ލީޑަރެއް ކަމަށެވެ. އެމަނިކުފާނުގެ ސަބަބުން ޤައުމަށް ވަރަށް ބޮޑެތި ކުރިއެރުންތައް ލިބިފައިވާ ކަމަށެވެ. ޞުލްޙަ މަސްލަހަތާއި އަމާންކަން ޤާއިމުކުރަން ފުރުޞަތު ލިބިފައިވާ ކަމަށެވެ. އެކަން އެގޮތުގައި ދަމަހައްޓަން އެންމެން ގުޅިގެން މަސައްކަތްކުރަންޖެހޭ ކަމަށެވެ.
އަމީން ވިދާޅުވީ ޤާސިމް އިބްރާހީމް އަކީ ވަކި މީހަކަށް ވަކި ގިންތިއަކަށް ނުބަލައި އެންމެންނަށް ޚިދުމަތް ކުރައްވަމުން ގެންދެވި ޚިދުމަތްތެރިއެއް ކަމަށާއި ޖޭޕީގެ އަމާޒަކީ އެ ޚިދުމަތް އިތުރަށް ފުޅައުކޮށް ރައްޔިތުންނަށް ޚިދުމަތްކުރުން ކަމަށެވެ.
އަމީން ވިދާޅުވީ ދިވެހި ޤައުމުގައި ވަނީ ވަރަށް ބޮޑު ފާރުގަނޑެއް ޖަހާފައި ކަމަށާއި އެފާރުގަނޑަށް ބޭސްކުރަން ވަރަށް ގިނަ ޙަކީމުންނާއި ޑޮކްޓަރުންނާއިވެސް ޙަވާލުކުރެވިއްޖެ ކަމަށާއި ނަމަވެސް އެއްވެސް ފަރުވާއެއް ނުލިބި ފާރުގަނޑު ދަނީީ ދުވަހެއް ދުވަހަކަށް ބޮޑުވެ އުމަގުވަމުން ކަމަށެވެ. ފިތުނަ އާއި ފަސާދައިގެ އަލިފާންގަނޑު ދަނީ ދުވަހެއް ދުވަހަކަށް ބޮޑުވެ އަނދަމުން ކަމަށެވެ.
ދުވަހެއް ދުވަހަކަށް މިދަނީ ޤައުމުގެ އަގު ވެއްޓި ދުނިޔޭގެ ކުރިމަތީގައި ފަޟީޙަތްވަމުން ކަމަށާއި ރާއްޖެއަށް ބޭނުންވަނީ އެ ހާލަތަށް ކުރަންޖެހޭ ފަރުވާ ކޮށްދީ މައްސަލަތައް ހައްލުކޮށްދެވޭ ވަރުގެ ޙަކީމެއް ކަމަށެވެ. އެކަން ކުރެވޭނެ ކަމުގެ އިތުބާރާއި ޔަޤީންކަން އޮތް ބޭފުޅަކަށް ކަމަށެވެ. އެފަދަ ބޭފުޅަކު ނެރެވޭނީ ޤާސިމް އިބްރާހީމްގެ ލަފާފުޅާއިއެކު ޖުމްހޫރީ ޕާޓީން ކަމަށެވެ. ޖުމްހޫރީ ޕާޓީް ނެރޭ ކެންޑިޑޭޓަކަށް ކަމަށެވެ.
އަމީންގެ ވާހަކަފުޅު: