ބައެއް ރަށްރަށަށް އުދައަރާފާނެތީ ސަމާލުވުމަށް އިލްތިމާސް ކޮށްފި

ކިޔުމަށް ހޭދަވާނީ 51ސ
ބައެއް ރަށްރަށަށް އުދައަރާފާނެތީ ސަމާލުވުމަށް އިލްތިމާސް ކޮށްފި
ރާއްޖޭގެ ދެކުނުގެ އަތޮޅުތައް ފިޔަވާ އެހެން ހިސާބުތަކުގެ ކަނޑު އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި އެކަމުގެ ސަބަބުން ބައެއް ރަށްރަށަށް އުދަ އަރާފާނެ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ބުނެފިއެވެ.

މެޓް އޮފީހުން މައުލޫމާތު ދީފައިވާ ގޮތުގައި އުތުރުގެ ރަށްތަކަށް ދިޔަވަރު އެންމެ ބޮޑުވެފައިވަނީ މިއަދު އިރުއޮއްސި 19:38 ހާއިރުއެވެ. މެދު ރާއްޖޭގެ ރަށްތަކަށް އެންމެ ދިޔަވަރު ބޮޑުވީ މިރޭ 21:10 ގައި އަދި ދެކުނުގެ ރަށްތަކަށް ދިޔަވަރު އެންމެ ބޮޑުވެފައިވަނީ މިރޭ 22:25 ގައެވެ.

މޫސުމާބެހޭ އިދާރާއިން ބުނެފައިވަނީ މިއަދާއި މާދަމާ އުތުރާއި މެދުތެރޭގެ ބައެއް އަތޮޅުތަކަށް ވިއްސާރަކޮށް ގުގުރުން ވެސް އެކަށީގެންވާ ކަމަށެވެ. އަދި ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރިނަަމަވެސް މޫސުން އާންމުގޮތެއްގައި ރަނގަޅުވާނެ ކަމަށް ވެސް މެޓް އޮފީހުން ބުނެފައިވެއެވެ.

މީގެއިތުރުން ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ދެކުނުގެ އަތޮޅުތަކަށް ހުޅަނގު ދެކުނާއި ހުޅަގުން ގަޑިއަކު ތިން މޭލާ 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި އެހެން ހިސާބުތަކަށް ގަޑިއަކު އަށް މޭލާ 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މެޓް އޮފީހުން ލަފާ ކޮށްފައިވެއެވެ.

މިއަދު އޮންލައިން