ފޭސްބުކާ ޓްވިޓާ ދޫކޮށް ހަޤީޤީ މަޝްވަރާތައް ފެށުމަށް ޖޭޕީއިން ރާއްޖޭގެ ސިޔާސީ ޕާޓީތަކަށް ދައުވަތުދީފި އެވެ.
ޖޭޕީގެ 3 ވަނަ ކޮންގްރެސް ނިންމުމަމަށް މިއަދު ހަވީރު ޕެރެޑައިޒް އައިލަންޑް ރިޒޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ޖޭޕީގެ ރައީސް ޢަލީ ވަޙީދު ވިދާޅުވީ ޖޭޕީ އަބަދުވެސް އޮންނާނީ މަޢުނަވީ މަޝްވަރާތަކަށް ތައްޔާރަށް ކަމަށެވެ. "ގުޅިފައިވާ ކޯލިޝަނުގެ އެއް ކެންޑިޑޭޓަކު ނެރެ އެއް ބުރުން ރިޔާސީ އިންތިޚާބު ކާމިޔާބުކުރަން ޖުމްހޫރީ ޕާޓީ އަބަދުވެސް އޮންނާނީ ތައްޔާރަށް."
ޢަލީ ވަޙީދު "ދެއްވެވެން އޮތް މިންވަރު" ދޫކޮށް ޖޭޕީއަށް ޙައްޤު މިންވަރު ދިނުމަށްވެސް ގޮވާލައްވައިފައެވެ. "ޤާސިމް އިބްރާހީމް އަކީ ކަންކަމަށް ބޭނުންވީމާ އެދެން ހުންނަ މީހަކަށް، ޖުމްހޫރީ ޕާޓީއަކީ ކަންކަމަށް ބޭނުންވީމާ އަރާ ހަރުގަނޑަކަށް ނުހައްދަވާށޭ. ޖުމްހޫރީ ޕާޓީއަށް ޙައްޤު މިންވަރު ޖުމްހޫރީ ޕާޓީއަށް ލިބޭ ސަރުކާރެއްގަ ޖުމްހޫރީ ޕާޓީ އިޚްލާޞްތެރިކަމާއިއެކު އޮންނާނެ."
"މިއަދު މިކަން ކުރަން މަޖުބޫރު. މިއަދު ބޭނުމީ ތިމަންނާގެ ޕާޓީއެއް ނޫން. ތިމަންނާގެ ވެރިކަމެއް އަދި ތިމަންނާގެ ރައީސް ކަމެއްވެސް ނޫން. މިއަދު މުހިންމީ އެންމެންގެ ވެރިކަން. އެންމެންގެ ވެރިކަން މުހިންމީ. ކޮނފަދަ ނިކަމެތި ޙާލަތެއްގައިތޯ މިއަދު ޤައުމު މިއޮތީ. ސިޔާސީ ލީޑަރުންނާ އެމީހުންގެ ދަރިފަސްކޮޅުވެސް މިއަދު އޮތީ ޖަލުގަ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކާ ރައްޔިތުންގެ ގިނަ ބައަކު ތިބީ ޖަލުގަ. ޢަބްދުﷲ ރަޝީދު ނިޔާވެދިއައީ ޖަލުގަ."
ޢަލީ ވަޙީދު ވިދާޅުވީ މިހާލަތުގައި ޤައުމު އިސްކުރުން ނޫން އިތުރު އެއްވެސް ކަމެއް މުހިންމު ނޫން ކަމަށެވެ. އަދި ޤާސިމް އިބްރާހީމް އާއި ޖޭޕީން ނިންމާނީ އެފަދަ ނިންމުމެއް ކަމަށެވެ.
"މިއަދަކީ ކުރިމަތިލައި ތަޅާފޮޅަންވީ ދުވަހެއް ނޫން. ލޮންސިއާއި އައްޑަނަ ހިފައިގެން ނުކުމެ ކަންކަން ކުރަންވެއްޖެނަމަ ޖޭޕީގެ ފަހުލަވާނުން މިއަދަކު ބައްޔެއް ނުކުރެވޭނެ. ނަމަވެސް އެކަމުން ކުރާނެ އެއްވެސް ފައިދާއެއް ނޯންނާނެ."
ޢަލީ ވަޙީދު ވިދާޅުވީ ދުނިޔޭގެ އެންމެ ވަރުގަދަ ހަނގުރާމަތައްވެސް ކާމިޔާބުކޮށްފައިވަނީ މައިދާނުގައި ނޫން ކަމަށާއި މޭޒުދޮށުގައި ކަމަށެވެ. "އެހެންވީމާ އަޅުގަނޑު މިއަދުވެސް ދަންނަވާލާނީ މޭޒު ދޮށަށް ވަޑައިގަންނަވާށޭ."
ޢަލީ ވަޙީދުގެ ވާހަކަފުޅު: