ތުލުސްދޫގައި ތަރައްޤީކުރި ބަނދަރު މިއަދު ރަސްމީކޮށް ހުޅުވައިފި

ކިޔުމަށް ހޭދަވާނީ 41ސ
ތުލުސްދޫގައި ތަރައްޤީކުރި ބަނދަރު މިއަދު ރަސްމީކޮށް ހުޅުވައިފި
ސަރުކާރުން ކ. ތުލުސްދޫ ގައި ތަރައްޤީކުރި ބަނދަރު މިއަދު ހެނދުނު ރަސްމީކޮށް ހުޅުވައިފިއެވެ.

ތުލުސްދޫގައި އެބަނދަރު ރަސްމީކޮށް ހުޅުއްވައިދެއްވީ ކ. އަތޮޅުގެ ތިން ރަށަކަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް މިއަދު ފެއްޓެވި ދަތުރުފުޅުގައި އެރަށަށް ވަޑައިގެން، ބަނދަރު ސަރަޙައްދު ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައެވެ.

ތުލުސްދޫ ބަނދަރަކީ 800 ފޫޓު ދިގު އަދި 300 ފޫޓު ފުޅާ ބަނދަރެކެވެ.

ތުލުސްދޫގައި ތަރައްޤީ ކުރެވުނު އެބަނދަރަކީ އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކް (އައިޑީބީ) ގެ ލޯނި އެހީއާއި ދައުލަތުން ޚަރަދު ކޮށްގެން ތަރައްޤީ ކުރި ބަނދަރަކެވެ. މިބަނދަރަކީ 2015 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ ތެރޭގައި ލަންކާގެ ސެނޮކް ޓްރޭޑް ކޮމްބައިން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ތަރައްޤީކުރި ބަނދަރެކެވެ.
މިއަދު އޮންލައިން