ދާންދޫއަށް އެތެރެ ކުރަން އުޅުނު މަސްތުވާތަކެއްޗާއެކު ތިން މީހަކު ހައްޔަރު ކޮށްފި

ކިޔުމަށް ހޭދަވާނީ 55ސ
ދާންދޫއަށް އެތެރެ ކުރަން އުޅުނު މަސްތުވާތަކެއްޗާއެކު ތިން މީހަކު ހައްޔަރު ކޮށްފި
ގއ. ދާންދޫ އަށް އެތެރެ ކުރަން އުޅުނު މަސްތުވާތަކެއްޗާއެކު އެއަތޮޅު ވިލިނގިލިން ތިންމީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ގއ. ވިލިނގިލި ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިޖެން ޖޫން 20 ވަނަ ދުވަހު ހިންގި މިއޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ އުމުރުން 23 އަހަރުގެ ފިރިހެނަކާއި 30 އަހަރުގެ ދެ ފިރިހެނުންނެވެ.

މިމީހުން ހައްޔަރުކޮށް ބަލައިފާސްކުރި ކުރުމުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިވާ ފަސް ރަބަރު ޕެކެޓާއި، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިވާ ސެލޯފިންކޮޅެއް މިމީހުންގެ އަތުންވަނީ ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

މިމައްސަލައިގައި ހައްޔަރުކޮށްފައިވާ ތިންމީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް އަށް ދުވަހުގެ މުއްދަތެއް 30 އަހަރު އެކަކަށް ދީފައިވާއިރު އަނެއް ދެ މީހުން ކޯޓުންވަނީ ދޫކޮށްލާފައެވެ.

މިމައްސަލަ ގއ. ވިލިނގިލި ޕޮލިސް ސްޓޭޝަނުންދަނީ ތަޙުޤީޤު ކުރަމުންނެވެ.
މިއަދު އޮންލައިން