ޒަކާތު ފަންޑުން ބޯންމެރޯ ހަދައިދިނުމަށް ހަމަ ޖެހިފައިވާ 5 ކުއްޖަކު ބޯންމެރޯ އަށް ފުރަނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
ޒަކާތު ފަންޑުން ބޯންމެރޯ ހަދައިދިނުމަށް ހަމަ ޖެހިފައިވާ 5 ކުއްޖަކު ބޯންމެރޯ އަށް ފުރަނީ
ޒަކާތު ފަންޑުން ޚަރަދުކޮށްގެން މިއަަހަރު ބޯންމެރޯ ހަދައިދިނުމަށް ހަމަޖައްސައި ޖަނަވަރީމަހު ލިޔުން ހަވާލުކުރި 32 ކުދިންގެ ތެރެއިން ފަސް ކުއްޖަކު ބޯންމެރޯ ހެދުމަށްޓަކައި މިމަހުގެ 25 ވަނަ ދުވަހު އިންޑިއާއަށް ފުރަން ހަމަޖައްސައިފިއެެވެ.



ފަސް ކުދިންނާއި ހެލްތް މިނިސްޓަރު ޢަބްދުﷲ ނާޒިމް ބައްދަލުކޮށްލެއްވުމަށް ހެލްތް މިނިސްޓްރީގައި މިއަދު ބޭއްވި ބައްދަލުވުމަށްފަހު ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރު އަޙްމަދު އުމަރު ވިދާޅުވީ މި ފަސް ކުދިންނަކީ އެޗްއެލްއޭ ދިމާވެފައިވާ ފަސް ކުދިން ކަމަށާއި ޓެސްޓްކޮށް ދިމާވާވަރަކުން އަދި ހޮސްޕިޓަލުން ޖާގަލިބޭ ވަރަކުން ކުދިން ފޮނުވަމުން ގެންދާނެ ކަމަށެވެ.



މި ފަސް ކުދިންގެ ބޯންމެރޯ ހެދުމަށް ފޮނުވަނީ ބެންގަލޫރުގެ މަނިޕާލް ހޮސްޕިޓަލަށެވެ.



ޑރ. އަޙްމަދު ޢުމަރު ވިދާޅުވީ ބެލެނިވެރިން ކުދިންގެ އެޗްއެލްއޭ ދިމާކުރުމަށްފަހު ލިޔުން ހުށަހެޅުމުން އެ ލިޔުުންތައް އިސްލާމިކް މިނިސްޓްރީއަށް ފޮނުވަމުން ގެންދާ ކަމަށާއި ޒަކާތު ފަންޑުން ޚަރަދުކޮށްގެން އެ އަހަރަކު ބޯންމެރޯ ހެދޭނެ ކުދިންގެ އަދަދު ކަނޑައަޅައި ކުދިން ހޮވަނީ އިސްލާމިކް މިނިސްޓްރީން ކަމަށެވެ.
މިއަދު އޮންލައިން