މާފުށި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތު އޮތީ މިއަދު މެންދުރުފަހު މާފުށި ބަނދަރު ސަރަޙައްދުގައެވެ.
މި ރަސްމިއްޔާތުގައި ރައީސް ޔާމީން ވަނީ ރަސްމީކޮށް މާފުށި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢު ނިމުން ފާހަގަކުރުމުގެ ގޮތުން ހަނދާނީ ބިނާގެ ފަރުދާ ކައްސަވާލަދެއްވާފައެވެ.
މާލެ އަތޮޅުގެ ތިން ރަށަކަށް މިއަދު އެމަނިކުފާނު ކުރައްވާ މިދަތުރުފުޅުގައި މިއަދު ހެނދުނު ވަނީ ތުލުސްދޫއަށް ވަޑައިގެން އެރަށުގެ ބަނދަރު ހުޅުއްވައިދެއްވާފައެވެ. މީގެއިތުރުން މިއަދު ހަވީރު ގުރައިދޫއަށް ވަޑައިގެން އެރަށުގެ ބަނދަރު ހުޅުއްވައިދެއްވައި، އެރަށުގައި ޤާއިމްކޮށްފައިވާ ރައްކާތެރި ބޯފެނުގެ ޚިދުމަތް އިފްތިތާޙް ކޮށްދެއްވުމަށް ވެސް ހަމަޖެހިފައިވެއެވެ.