އިސްލާހިއްޔާއާއިއެކު މާލެ އަތޮޅުން އިތުރު ފަސް ފަޅެއް ފަތުރުވެރިކަމަށް ދޫކުރަނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
އިސްލާހިއްޔާއާއިއެކު މާލެ އަތޮޅުން އިތުރު ފަސް ފަޅެއް ފަތުރުވެރިކަމަށް ދޫކުރަނީ
ކ. މާފުށީގައި ހުންނަ ކުޑަކުދިންގެ އިސްލާހިއްޔާއާއި މާލެ އަތޮޅުގެ އިތުރު ފަސް ފަޅެއް ފަތުރުވެރިކަމަށް ދޫކުރަން ނިންމާފައިވާކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ މާލެ އަތޮޅުގެ ތިން ރަށަކަސް މިއަދު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކ. މާފުއްޓަށް ވަޑައިގެން އެެރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ނިމުން ފާހަގަ ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ މާފުށީގެ ބޮޑު ބިމެއް ކުޑަކުދިންގެ އިސްލާހިއްޔާއަށް ނަގާފައިވީ ނަމަވެސް އެބިން މާފުށީގެ ރައްޔިތުންނަށް ދޫކޮށްލުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ގެސްޓްހައުސް ގެ ވިޔަފާރި ފަށައިފިނަމަ އެތައް ޒުވާނުންނަކަށް ވަޒީފާގެ ފުރުސަތު ތަނަވަސްވެ، ރައްޔިތުންނަށް އާމްދަނީ ލިބިގެންދާނެ ކަމަށާއި އެއާއެކު ރައްޔިތުން ބޭނުންވާ ތަރައްޤީގެ އެހެން މަޝްރޫއުތަކަށް އެބިމުން ޖާގަ ލިބިގެންދާނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވެފައިވެއެވެ.

"ކުޑަކުދިންގެ އިސްލާހިއްޔާއަކީ ޝައްކެއްވެސް ނެތް ގޮތުގައި އަޅުގަނޑުމެނަށް ބޭނުންތެރި ކަމަކަށް ވާނެ. އެހެންނަމަވެސް، އެންމެ ރަނގަޅަށް މިކަން ކުރެވޭނީ ކޮންމެހެން މާފުށީގައި ތޯ، މިހާރު ތިބީ ކިތައް ކުދިންތޯ ބާލާޅފަ އަޅުގަނޑު މިއަދުން މިއަދަށް ނިންމައިފިން ކުޑަކުދިންގެ އިސްލާހިއްޔާ ސަރުކާރުން މާފުށީގެ ރައްޔިތުންނަށް ދޫކޮށްލަށް" މިއަދު ގެ އެރަސްމިއްޔާތުގައި ރައީސް ޔާމީން ވިދާޅުވިއެވެ.

މިއަދު އޮންލައިން