ތައްޔާރީ ހާލަތު ދެނެގަތުމަށް އެއާޕޯޓު ވަގުތީ ގޮތުން ބަންދު ކުރުމަށް ނިންމައިފި

ކިޔުމަށް ހޭދަވާނީ 36ސ
ތައްޔާރީ ހާލަތު ދެނެގަތުމަށް އެއާޕޯޓު ވަގުތީ ގޮތުން ބަންދު ކުރުމަށް ނިންމައިފި
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އެމަޖެންސީ އެކްސަސައިޒެއް ކުރިއަށް ގެންދިޔުމަށް، އަންނަ ބުދަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ވަގުތީ ގޮތުން ބަންދު ކުރަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ނިންމައިފިއެވެ.

އެމްއޭސީއެލް އިން ބުނީ މިއެކްސަސަައިޒަކީ އެއާޕޯޓުގެ ތައްޔާރީ ހާލަތު ދެނެގަތުމަށާއި ކުއްލި ނުރައްކަލުގެ ހާލަތެއްގައި އަމަލު ކުރާނެ ގޮތް އިތުރަށް ހަރުދަނާ ކުރުމަށް ހިންގޭ ތަމްރީނެއް ކަމަށެވެ.

މިއެކްސަސައިޒު ކުރިއަށްދާނީ މިއަންނަ ބުދަ ދުވަހުގެ ހަވީރު 16:00 އިން ރޭގަނޑު 19:00 އަށް ކަމަށާއި މިތަމްރީނު ހަރަކާތް ކުރިއަށްދާ ވަގުތު އެއާޕޯޓުގެ ޚިދުމަތް ވަގުތީގޮތުން މެދުކަނޑާލާނެ ކަމަށް ވެސް އެމްއޭސީއެލް އިން ބުނެފައިވެއެވެ.


މިއަދު އޮންލައިން