ފޯނު ނުދިން މައްސަލައިގައި ދެ ފަނޑިޔާރުންނަށް އިއްވި ހުކުމް އިސްތިއުނާފަށް ހުށަހަޅައިފި

ކިޔުމަށް ހޭދަވާނީ 58ސ
ފޯނު ނުދިން މައްސަލައިގައި ދެ ފަނޑިޔާރުންނަށް އިއްވި ހުކުމް އިސްތިއުނާފަށް ހުށަހަޅައިފި
މަގާމު ގެއްލިފައިވާކަމަށް ދާދި ފަހުން ކަނޑައެޅުނު ރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރި އަލީ ހަމީދުގެ ފޯނު ފުލުހުންނަށް ނުދިން މައްސަލައިގައި އެބޭފުޅުންގެ މައްޗަށް ދަށު ކޯޓުން އިއްވި އެއް އަހަރާއި ހަތް މަހުގެ ޖަލު ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް މިއަދު ހުށަހަޅައިފިއެވެ.

ދެ ފަނޑިޔާރުންގެ މަގާމު ގެއްލިފައިވާ ކަމަށް މިދިޔަ ހަފްތާގައި ކަނޑައެޅީ، ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައެއްގައި އެބޭފުޅުންނަށް އިއްވާފައިވާ ޖަލު ހުކުމަކީ ރަނގަޅު ހުކުމެއް ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމުންނެވެ.

ސުޕްރީމް ކޯޓުގެ ނިންމުމާއެކު އަބްދުﷲ ސައީދާއި އަލީ ހަމީގެ ފަނޑިޔާރުކަން ގެއްލުނު ކަމުގައި ވިޔަސް، އެބޭފުޅުންގެ ވަކީލުން ވިދާޅުވަމުން ގެންދަނީ ދެފަނޑިޔާރުންގެ މަގާމު އަދިވެސް ނުގެއްލޭ ކަމަށެވެ. ސަަބަބެއް ކަމުގައި ވަކީލުން ވިދާޅުވެފައިވަނީ އެނިންމުމަކީ އެކޯޓުގެ ރެޖިސްޓްރާގެ ނިންމުމެއް ކަމަށާއި އެނިންމުން ސުޕްރީމް ކޯޓުގެ ފަނދިޔާރުންގެ މަޖިލީހުން އިސްތިއުނާފު ކުރެވޭނެ ކަމަށެވެ.

ނަމަވެސް އެނިންމުން ނިންމީ ސުޕްރީމް ކޮޓުގެ ފަނޑިޔާރުންގެ މަޖިލީހުން ކަމަށް، އެކޯޓުގެ ނިންމުމުގައިވެއެވެ.

މިއަދު އޮންލައިން