ރައީސުލް ޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް މިއަދު ހަވީރު ކ. ގުރައިދޫ އަށް ވަޑައުގެން އެރަށުގެ ބަނދަރު ހުޅުވައިދެއްވާ ރައްކާތެރި ބޯފެނުގެ ނިޒާމް ވެސް އިފްތިތާޙް ކޮށްދެއްވައިފިއެވެ.
މިއަދު ހަވީރު ގުރައިދޫ ބަނދަރު ސަރަޙައްދުގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި ހުޅުވުނު މިބަނދަރަކީ 800 ފޫޓު ދިގު އަދި 450 ފޫޓު ފުޅާ ބަނދަރެކެވެ.
މީގެއިތުރުން، ގުރައިދޫގައި މިއަދު އިފްތިތާޙް ކުރެވުނު ބޯފެނުގެ ނިޒާމާއެކު 30 ޓަނުގެ ދެ ޕްލާންޓުން ދުވާލަކު 60 ޓަނުގެ ފެން އުފެއްދުމުގެ ޤާބިލްކަން އެރަށުގައި ގާއިމް ކުރެވިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.