ސައިކަލުން ކަހާލައިގެން ވެއްޓި އައްޑޫސިޓީ ދެ ކައުންސިލަރަކަށް އަނިޔާވެއްޖެ

ކިޔުމަށް ހޭދަވާނީ 36ސ
ސައިކަލުން ކަހާލައިގެން ވެއްޓި އައްޑޫސިޓީ ދެ ކައުންސިލަރަކަށް އަނިޔާވެއްޖެ
ދުއްވަމުން ދިޔަ ސައިކަލުން ކަހާލައިގެން ވެއްޓި އައްޑޫސިޓީގެ ދެ ކައުންސިލަރަކަށް ބޮޑެތި އަނިޔާތަކެއް ލިބިއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ހަވީރު ހިނގި މިއެކްސިޑެންޓުގައި އަނިޔާ ލިބިފައިވަނީ ޑެޕިއުޓީ މޭޔަރު މުޙައްމަދު ޔަސްރިފާއި މީދޫ ކައުންސިލަރު ހިޔާޒު ޙަސަން އަށެވެ. އެދެބޭފުޅުން ދުއްވި ސައިކަލު ކަހާލައިގެން ވެއްޓުނީ ހިތަދޫ ލިންކުރޯޑުން ކަހާލައިގެން ގޮސް ކައުންސިލް އިދާރާއަށް ދާން އޮންނަ މަގަށް އަޅާލަން އުޅުމުގެ ތެރޭގައި ހިލަވެލިތަކެއްގެ މައްޗަށް އެރިގެން ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

މިއެކްސިޑެންޓުގެ ސަަބަބުން ޔަސްރިފުގެ އަނގަމަތި ފަޅައިގެން ގޮސް ދެ ތުންފަތް ދުޅަވެފައިވާއިރު، ހިޔާޒުގެ ވައަތް ކުޑަ ހުޅުން ނެއްޓިފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
މިއަދު އޮންލައިން