ދަނގެތިން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރު ކޮށްފި

ކިޔުމަށް ހޭދަވާނީ 52ސ
ދަނގެތިން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރު ކޮށްފި
އދ. ދަނގެތިން މަސްތުވާތަކެއްޗާއެކު ފުލުހުން މީހަކު ހައްޔަރު ކޮށްފިއެވެ.

ދަނގެއްޗަށް މަސްތުވާތަކެތި އެތެރެ ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އެރަށު ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން މިމަހުގެ 21 ވަނަ ދުވަހުގެ ހަވީރު 17:40 ހާއިރު ހިންގި އޮޕަރޭޝަނެއްގައި ހައްޔަރު ކޮށްފަައިވަނީ އުމުރުން 32 އަހަރުގެ ފިރިހެނެކެވެ.

ދަނގެއްޗަށް ދިޔަ ލޯންޗަކުން ގެނައި ކޮތަޅަކާއި ހަވާލުވުމަށް ދިޔަ އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އޭނާގެ އަތުގައި އޮތް ކޮތަޅު ބަލައި ފާސްކުރި ކުރުމުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިވާ 11 ރަބަރު ޕެކެޓު ފެނިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

މިމައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް އދ. މަހިބަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.

މިމައްސަލަ އދ. ދަނގެތި ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.
މިއަދު އޮންލައިން