ނަދީމާއި ދެކޮޅަށްވެސް ސިއްރު ހެކި ހުށަހަޅަން ބޭނުންވާ ކަމަށް ބުނެފި

ކިޔުމަށް ހޭދަވާނީ 42ސ
ނަދީމާއި ދެކޮޅަށްވެސް ސިއްރު ހެކި ހުށަހަޅަން ބޭނުންވާ ކަމަށް ބުނެފި
ކުރީގެ ރައީސް މައުމޫނު އަބްދުލް ޤައްޔޫމުގެ ދަނބިދަރިކަލުން މުޙައްމަދު ނަދީމުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގައި، އޭނާއާއި ދެކޮޅަށް ވެސް ސިއްރުހެކި ހުށަހަޅަން ބޭނުންވާ ކަމަށާއި ހެކީގެ އަޑު ބަދަލު ކޮށްގެން ހެކިބަސް ނެގުމަށް ބޭނުންވާ ކަމަށް ދައުލަތުން ބުނެފިއެވެ.

ދައުލަތުން މިހެން ބުނެފައިވަނީ އެދައުވާއާއި ގުޅިގެން މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އިބްތިދާއީ އަޑުއެހުމުގައެވެ.

ސިއްރު ހެކި ނެގުމަށާއި ހެކީގެ އަޑު ބަދަލު ކޮށްގެން ހެކިބަސް ނަގަން ބޭނުންވާ ކަމަށް ދައުލަތުން ބުނި ބުނުން ބަލައި ނުގަތުމަށް ނަދީމު އެދިފައިވެއެވެ. އަދި އޭނާގެ ފަރާތުން 26 ހުށަހެޅުމެއް މިއަދު ހުށަހަޅާފައިވެއެވެ.

ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމު ހައްޔަރު ކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހު އިއުލާނު ކުރެވުނު ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން، ރައީސް މައުމޫން އާއިއެކުއެވެ.
މިއަދު އޮންލައިން