ރާއްޖެއަށް ބޭނުންވާ ހެޔޮ ބަދަލު ގެނެވޭނީ ޖޭޕީއަށް ކަމަށް ޖޭޕީގެ އިތުރުން ވެސް ރާއްޖޭގެ ގިނަ ބައަކު ޤަބޫލުކުރާ ކަމަށާއި އެބަދަލު ގެނައުމަށްޓަކައި ޖޭޕީއާއި ގުޅިގެން މަސައްކަތްކުރަން ބޭނުންވާ އެންމެންނަށް ޖޭޕީގެ ދޮރުތައް ވަނީ ހުޅުވާލެވިފައި ކަމަށް ޖޭޕީގެ ނައިބް ލީޑަރު ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
ޖޭޕީން ކުރިއަށް ގެންދާ "ހޭވައްލާ ޖޭޕީ" ހަރަކާތުގެ ތެރެއިން 3 ބޭފުޅަކު ޖޭޕީއާއި ގުޅިވަޑައިގަތުމަށް ރޭ މ. ކުނޫޒުގައި ބޭއްވި ބައްދަލުވުމުގައި އަމީން ވިދާޅުވީ ޤައުމު އެދި ގޮވަނީ ޤައުމަށް ބޭނުންވާ ހެޔޮ ބަދަލުތައް ގެނައުމަށް ގަދައަޅައި މަސައްކަތްކުރުމަށް ކަމަށެވެ. އެހެންކަމުން މިއީ ޤައުމުގެ ކޮންމެ ރައްޔިތަކުވެސް އެމަސައްކަތަށް ކުރިމަތިލައި ގަދައަޅައި މަސައްކަތްކުރަންވީ ވަގުތު ކަމަށެވެ.
އަމީން ވިދާޅުވީ "ހޭވައްލާ ޖޭޕީ"ގެ ހަރަކާތްތަކުގެ ތެރެއިން އަތޮޅުތަކުގައި ހންގާ ހަރަކާތްތައް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށާއި އެ ހަރަކާތްތަކުގެ ތެރެއިންވެސް އިތުރު ގިނަ ަބއަކު ޖޭޕީ އާއި ގުޅޭނެ ކަމަށެވެ.
ރޭ ޖޭޕީ އާއި ގުޅިވަޑައިގަތީ ހއ. ކެލާއަށް ނީޞްބަތްވާ ކެޕްޓަން މުޙައްމަދު ނާޒިމް (މާސްޓަރ މެރިނަރ) ޚަދީޖާ ޙަސަން އާއި ގދ. ފިޔޯރީއަށް ނިޞްބަތްވާ މެރިން އިންޖިނޭރެއް ކަަމަށްވާ އަޙްމަދު އުޒައިރު އެވެ.
އަމީން ވިދާޅުވީ ތަފާތު ފަންނުތަކުގައި ޚިދުމަތްކުރައްވަމުން ގެންދަވާ ބޭފުޅުން ޖޭޕީ އާއި ގުޅިވަޑައިގަތުމަކީ ޕާޓީ އަށާއި ޕާޓީގެ މެންބަރުންނަށް ލިބޭ އިތުރު މުއްސަނދިކަމެއް ކަމަށެވެ.
Happy to welcome new member's to JP.
— JP Secretariat (@JPSecretariat) June 24, 2018
Captain Mohamed Nazim, (Master Mariner) and Khadeeja Hassan both from H.A. Kelaa and Ahmed Uzair (Marine Engineer) G.Dh. Fioree.#RepublicanParty on the move.#heyvallaJP pic.twitter.com/4KsGUNHJpR