ފިރިމީހާ ވޯލްޑްކަޕް ބަލަންް އިންދާ އަނބިމީހާ އާ ދެ ދަރިން މަރާލައި ގޭގަހުރި ފައިސާތައް ވަގަށްނަގައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 35ސ
ފިރިމީހާ ވޯލްޑްކަޕް ބަލަންް އިންދާ އަނބިމީހާ އާ ދެ ދަރިން މަރާލައި ގޭގަހުރި ފައިސާތައް ވަގަށްނަގައިފި

މިޞުރުގެ މީހަކު ވޯލްޑްކަޕް ބަލަން ކެފޭއެއްގައި އިންދާ ގޭގައި ނިދަންތިބި އަނބިމީހާ އާއި ދެދަރިނޤ މަރާލައި ގޭގައިހުރި 300،000 މިޞުރު ޕައުންޑް (17،000 ޑޮލަރު) ވަގަށް ނަގައިފިއެވެ.

ފުލުހުން ބުނީ އަނބިމީހާ މަރާލާފައި ވަނީ ބޮލުގައި އަޅާފައި އޮތް ސްކާފުން ނޭވާ ހާސްކޮށްގެން ކަމަށެވެ. 14 އަހަރުގެ އަންހެން ދަރިފުޅު މަރާލާފައިވަނީ ފޯނު ނަރެއް ކަރުގައި ބައްދައިގެން ކަމަށާއި 12 އަހަރުގެ އަންހެން ދަރިފުޅު މަރާލާފައިވަނީ ބާލީހަކުން ނޭވާ ހާސްކޮށްގެން ކަމަށެވެ.

މިހާދިސާ ހިންގާފައިވަނީ މިޞުރާއި ރަސިއާކުޅުނު މެޗް ބަލަން ރައްޓެހިންނާއިއެކު ފިރިމީހާ ކެފޭއެއްގައި އިންދައެވެ. ސީސީ ޓީވީން ފެންނަގޮތުގައި އެގެއަށް އެވަގުތު ވަދެފައިވަނީ އެ ހިސާބުގަނޑުގައި ދިރިނުއުޅޭ އަންހެނަކާއި ފިރިހެނެކެވެ.
މިއަދު އޮންލައިން