ދިވެހިންނަށް ސްކޮލާޝިޕްގެ ފުރުސަތު އިތުރަށް ފަހިކޮށްދިނުމަށް ފިލިޕީންސްގެ އެމީލިއޯ އެގްއިނާލްޑޯ ކޮލެޖް (އީއޭސީ) އާއެކު އެޑިއުކޭޝަން މިނިސްޓްރީން އެއްބަސްވުމެއްގައި މިއަދު ސޮއި ކޮށްފިއެވެ.
މިކަމާ ގުޅިގެން އެމިނިސްޓްރީގައި މިއަދު ހެނދުނު އޮތް ރަސްމިއްޔާތެއްގައި އީއޭސީ ގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެކޮލެޖުގެ ރައީސް ޑރ. ޖޯސޭ ޕައުލޯ އީ. ކެމްޕަސް އެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އައިޝަތު ޝިހާމް އެވެ.
މިކޮލެޖުގައި މެޑިސިން ދާއިރާއިން މިހާރުވެސް ދިވެހި 23 ކުއްޖަކު ކިޔަވަމުންދެއެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މިއީ ރާއްޖޭގެ ތައުލީމީ ޙަޔާތް އިތުރަށް ކުރިއަށް ދިޔުމަށް، ފަހިވި މަގެއް ކަމަށެވެ.