ރ. މަޑުއްވަރީ ކައުންސިލްގެ ކުޑް ދޮރެއް ހަލާކު ކޮށްލައިގެން ވަދެ އެތަނުގައި މަސައްކަތް ކުރާ ދެ މުވައްފަޒެއްގެ ފައިސާ ވަގަށް ނަގައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެފައިސާތައް ވަގަށް ނަގާފައިވަނީ ތަޅުލާފައި ހުރި ކަބަޑެއްގެ ތަޅަށް އެއްޗެއް ލައްވާ، ތަޅު ހަލާކު ކޮށްލައިގެންނެވެ.
މަޑުއްވަރީ ކައުންސިލް އިދާރާއިން ވައްކަން ކޮށްފައި ހުރިކަން އެނގިފައިވަނީ ހަފްތާ ބަންދަށްފަހު އިއްޔެ ހެނދުނު އެއިދާރާ ހުޅުވުމުންކަމަށް މައުލޫމާތު ލިބިފައިވެއެވެ.
މިއީ ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައެއް ކަމުގައިވުމުން، މިކަމާއި ގުޅޭގޮތުން މަޑުއްވަރީ ކައުންސިލް އިދާރާގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.