ރިޔާސީ އިންތިހާބަށް ކުރިމަތިލާ ފަރާތްތަކުން ދައްކަންޖެހެ ފީ ބޮޑު ކުރަން، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މަޖިލީހުގައި އެގާނޫނަށް އިސްލާހު ގެނައުމަށް މިއަދު މަޖިލީހަށް ހުށަހެޅީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސެއިން މުޙައްމަދު ލަތީފު އެވެ. އެއިސްލާހުގައި ބުނެފައިވާ ގޮތުގައި ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް ކުރިއަށް އޮތްތަނުގައި 100،000 ރުފިޔާ ހުށަހަޅަން ޖެހެއެވެ.
ރިޔާސީ އިންތިހާބާއި ބެހޭ ގާނޫނުގައި މިހާރު އޮތް ގޮތުން، އެއިންތިހާބަށް ކުރިމަތިލާ ފަރާތްތަކުން ދައްކަން ޖެހެނީ 40،000 ރުފިޔާއެވެ. އަދި އަމިއްލަ ގޮތުން ބައިވެރިވާ ފަރާތެއްނަމަ 1500 މީހުންގެ ސޮއި ވެސް ހޯދަން ޖެހެއެވެ.