ދަތިކަމެއް ނެތި ކާބޯތަކެތި އިންޑިއާއިން ލިބޭނެ- އިކޮނޮމިކް މިނިސްޓްރީ

ކިޔުމަށް ހޭދަވާނީ 37ސ
ދަތިކަމެއް ނެތި ކާބޯތަކެތި އިންޑިއާއިން ލިބޭނެ- އިކޮނޮމިކް މިނިސްޓްރީ
ރާއްޖެއަށް އިންޑިއާއިން އެތެރެކުރާ ބައެއް ބާވަތްތަކުގެ ކޯޓާ ވަރަށް ބޮޑަށް ދަށްކުރި ނަމަވެސް، އެއްވެސް ދަތިކަމެއް ނެތި ރާއްޖެއަށް ބޭނުންވާ ކާބޯތަކެތި ލިބޭނެކަމުގެ ޔަގީންކަން، އަވައްޓެރި އިންޑިއާއިން ދީފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

މިކަމާއި ގުޅޭގޮތުން އިކޮނޮމިކް މިނިސްޓްރީން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ރާއްޖެއަށް ބޭނުންވާ ބާވަތްތައް އިންޑިއާއިން ރާއްޖެއަށް އެތެރެ ކުރުމަށް އަންނަ އަހަރަށް ވެސް ކޯޓާ ހަމަޖައްސައިދީފައިވާ ކަމަށެވެ.

މީގެއިތުރުން ދިވެހިންނަށް ބޭނުންވާ ކާޑާއި އެހެނިހެން ބާވަތްތައް ވެސް ދަތިކަމެއް ނެތި ލިބޭނެކަމުގެ ޔަގީންކަން އިންޑިއާއިން ދީފައިވާ ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީ ގެ ބަޔާނުގައިވެއެވެ.
މިއަދު އޮންލައިން