އަންހެނުންނަށް އެންމެ ނުރައްކާތެރި ޤައުމަކީ އިންޑިއާ ކަމަށް ކަނޑައަޅައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 43ސ
އަންހެނުންނަށް އެންމެ ނުރައްކާތެރި ޤައުމަކީ އިންޑިއާ ކަމަށް ކަނޑައަޅައިފި

އަންހެނުންނަށް އެންމެ ނުރައްކާތެރި ޤައުމަކީ އިންޑިއާ ކަމަށް ކަނޑައަޅައިފިއެވެ. އެގޮތަށް ކަނޑައަޅާފައިވަނީ އަންހެނުންނަށް ކުރާ ޖންސީ ގޯނާތަކާއި އަނިޔާ އާއި އަންހެނުން ލައްވައި ގަދަކަމުން މަސައްކަތްކުރުވާ މިންވަރަށް ބަލައިގެންނެވެ.

ދިރާސާގައިވާ ގޮތުން ހަމަ އެކަނި ރޭޕްކުރުމުގެ މައްސަލަތަކަށް ބެލި ނަމަވެސް އިންޑިއާގައި ކޮންމެ 15 މިނިޓަކުން މައްސަލައެއް ހުށަހެޅެއެވެ. ހުށަނާޅާ މައްސަލަތައް މާގިނަ ވާނެކަންވެސް ވަނީ ފާހަގަކޮށްފައެވެ.
2011 ވަނަ އަަހަރު ހާމަކުރި މިދިރާސާގައި އަންހެނުންނަށް އެންމެ ނުރަްއކާތެރި ޤައުމެއް ކަމަށް ކަނޑާއަޅާފައިވަނީ ސޯމާލިއާއެވެ.

ތޮމްސަން ރޮއިޓަރސް ފައުންޑޭޝަނުގެ 550 ވޮލަންޓިއަރުން ކުރި ދިރާސަތަކަށްފަހު ދެވަނައަށް އެންމެ ނުރައްކާތެރި ޤައުމަށް ކަނޑައަޅާފައިވަނީ އަފްޣާނިސްތާނާއި ސީރިޔާއެވެ. ތިންވަނައިގައިވަނީ ސޯމާލިއާ އާއި ސައުދިއަރަބިޔާއެވެ.

ލިސްޓުގެ "ގަދަ 10" ގައި ހިމަނާފައިވާ ހުޅަނގުގެ ޤައުމަކީ އެމެރިކާއެވެ.
މިއަދު އޮންލައިން