ރާއްޖޭގެ ރިޔާސީ އިންތުހާބުތަކާއި ބެހޭ ޤާނޫނަށް ސަރުކާރުގެ ފަރާތުން އިއްޔެ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިސްލާހުތައް މިއަދު މަޖިލީހުން ބަލައިގަނެ، އެއިިސްލާހުތައް އިތުރަށް ދިރާސާ ކުރަން ކޮމެޓީއަށް ފޮނުވަން ނިންމައިފިއެވެ.
އިންތިހާބުގެ ގާނޫނަށް ހުށަހެޅި އިސްލާހުތައް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއަށް ފޮނުވަން ނިންމީ، މިއަދު މަޖިލީހުގެ ޖަލްސާގައި ބައިވެރިވި ސަރުކާރު ކޯލިޝަންގެ 38 މެމްބަރުންގެ ތެރެއިން، 37 މެމްބަރުންގެ އިއްތިފާގުންނެވެ.
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން ހުށަހެޅި އިސްލާހުތަކުގެ ތެރޭގައި، ރާއްޖެގެ އިތުރުން އެހެން ޤައުމެއްގެ ރަށްވެހިކަން ހޯދާފައިވާ މީހަކު ބޭރުގެ ރަށްވެހިކަން ދޫކޮސްލާތާ 10 އަހަރު ފަހުން ނޫނީ ރިޔާސީ އިންތިހާބަށް ކުރިމަތިނުލެވޭ ގޮތަށް ކަނޑައެޅުން ހިމެނެއެވެ. ސަރުކާރުގެ ފަރާތުން މިއިސްލާހު މަޖިލީހަށް ހުށަހެޅުއްވީ ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު ނިހާނެވެ.
މީގެ އިތުރުން ވޮޓު ކަރުދާހުގައި ރަނގަޅު ފާހަގަ ނޫން އެހެން ފާހަގައެއް ޖަހާ، ނުވަތަ އެހެން އެއްޗެހި ލިޔެ ކުރަހާ ހަދައިފިނަމަ، އެވޯޓެއް ބާތިލުވާ ގޮތަށް އިސްލާހު ގެނައުމަށާއި އިންތިހާބަށް ކުރިމަތިލާ ކެނޑިޑޭޓުން މިހާރު ދައްކަން ޖެހޭ 40،000 ރުފިޔާގެ ބަދަލުގައި 100،000 ރުފިޔާ އަށް އެއަދަދު ބޮޑުކުރުން ހިމެނެއެވެ.