ކޮރަޕްޝަނާ ބޭކާރު ޚަރަދު ހުއްޓުވައި ޖޭޕީގެ ވެރިކަމެއްގަ ރައްޔިތުންނަށް ޚިދުމަތްކުރަން ދުވާލަކު 25 މިލިއަން ރުފިޔާ އިތުރު ކުރާނަން: ޤާސިމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 38ސ
ކޮރަޕްޝަނާ ބޭކާރު ޚަރަދު ހުއްޓުވައި ޖޭޕީގެ ވެރިކަމެއްގަ ރައްޔިތުންނަށް ޚިދުމަތްކުރަން ދުވާލަކު 25 މިލިއަން ރުފިޔާ އިތުރު ކުރާނަން: ޤާސިމް
ކޮރަޕްޝަނާއި ދައުލަތުން ކުރާ ބޭކާރު ޚަރަދުތައް ކުރުން ހުއްޓުވައި ދުވާލަކަށް 25 މިލިއަން ރުފިޔާ ޖޭޕީ ރިޕަބްލިކަން ވެރިކަމެއްގައި ދައުލަތަށް ސަލާމަތްކޮށްދެއްވާނެ ކަމަށާއި އެކަމުގެ ސަބަބުން ޖުމުލަ 7 ބިލިއަން ރުފިޔާ ދައުލަތުން ރައްޔިތުންނަށް ޚިދުމަތްކުރަން އިތުރުވެގެންދާނެ ކަމަށް ޖޭޕީގެ ބާނީ، ޕީޖީ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

"ކޮރަޕްޝަނާ ދައުލަތުން ކުރާ ބޭކާރު ޚަރަދު ހުއްޓުވާ ދުވާލަކަށް 25 މިލިއަން ރުފިޔާ ޖޭޕީ ރިޕަބްލިކަން ވެރިކަމެއްގަ ދައުލަތަށް ސަލާމަތްކޮށްދޭނަން. އެއީ ޖުމުލަ 7 ބިލިއަން ރުފިޔާ ދައުލަތުން ރައްޔިތުންނަށް ޚިދުމަތްކުރަން އިތުރުވެގެންދާނެ. އިން ޝާ ﷲ!"

ޤާސިމް އިބްރާހީމް ވިދާޅުވީ ޖޭޕީ ރިޕަބްލިކަން ވެރިކަމެއްގައި އަމަން އަމާންކަން ޤާއިމުކުރުމަށް ޖޫޑިޝަރީ، ޕީޖީ، ޕޮލިސް އަދި ކަރެކްޝަންސްއަށް ސިޔާސީ ނުުފޫޒު ނުފޯރާ ގޮތަށް ހައްދަވައި ޤާބިލް ބައަކަށް ހައްދަވާނެ ކަމަށެވެ.

"ޖޭޕީގެ ވެރިކަމެއްގާ ފުލުހުންނާއި ސިފައިންގެ އަދަދު އިތުރުކޮށް ފުޅާކުރާނަން. ތަމްރީނާ ވެލްފެއާ ވަރުގަދަކޮށް ސިޔާސީ ނުފޫޒުން އެއްކިބާކުރުމަށްޓަކާ ރައީސް އައްޔަނުކޮށް މަޖިލިސްގެ 3/2 އަޣްލަބިއްޔަތުން ނޫނީ ވަކިނުކުރެވޭ ގޮތް ހަދާނަން. ވަޒީފާ ގެއްލި ގޮޅިއަށް ލުމުގެ ބިރު ފިލުވައިލާނަން."

"ސިފައިންނާ ފުލުހުންގެ ޚިދުމަތް ފުޅާކުރަން ޖެހެނީ މިއަދު ޤައުމަށް ދިމާވެފައިވާ ނާމާންކަމުން ސަލާމަތްވުމަށް. އެއާޕޯޓްތަކާ ބަދަރުތަކާ ކަނޑުގެ ސަރަހައްދު ހިމާޔަތްކުރަން. ސަރަހައްދީ ހަލަބޮލި ކަމަށްވެސް ވިސްނައިގެން. އަދި ރައްޔިތުންނާ ޤައުމުގެ ސަލާމަތަށްޓަކައި."

ޤާސިމް އިބްރާހީމް މިކަންކަން ހާމަކުރައްވަވާފައިވަނީ މިއަދު ކުރެއްވެވި ޓްވީޓްތަކެއްގައެވެ.



















މިއަދު އޮންލައިން