ޝެއިޚް އިމްރާން ގޭ ބަންދަށް ބަދަލު ކޮށްފި

ކިޔުމަށް ހޭދަވާނީ 52ސ
ޝެއިޚް އިމްރާން ގޭ ބަންދަށް ބަދަލު ކޮށްފި
އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ މިއަދު ގޭބަންދަށް ބަދަލު ކޮށްފިއެވެ.

ޓެރަރިޒަމްގެ ކުށުގައި 12 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ޝެއިޚް އިމްރާން ގޭބަންދަށް ބަދަލު ކުރެއްވީ، މާފުށީ ޖަލުގައި އޭނާ ހުންނެވި ގޮޅި މަރާމާތު ކުރުމަށް ކަމަށާއި އެމަސައްކަތް ނިމުމުން އަލުން އަނބުރާ ޖަލަށް ގެންދެވޭނެ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސް އިން ބުނެފައިވެއެވެ.

ޝެއިޚް އިމްރާން މިއަދު ގޭބަންދަށް ބަދަލު ކުރެވިފައިވާއިރު، ސިއްޙީ މައްސަލަތަކެއް ހުރުމުގެ ސަބަބުން އޭނާ ގޭބަންދަށް ބަދަލު ކޮށްދެއްވުމަށް އާއިލާއިން މީގެ ކުރިން އެދިފައިވެއެވެ.

"މެއި ޑޭ" ( މެއި 1، 2015) ގައި ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާގައި، ޓެރަރިޒަމަށް މަގުފަހިވާ ގޮތަށް ވާހަކަ ދެއްކެވި ކަމަށް ބުނެ ދައުލަތުން ކޮށްފައިވާ ދައުވާއަށް، ޝެއިޚް އިމްރާންގެ މައްޗަށް ހުކުމް އިއްވާފައިވަނީ ބޭއިންސާފުން ކަމަށް އދ. ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނަށް މައްސަލަ ހުށަހެޅުމުން އެ ގްރޫޕުން ބުނެފައިވެއެވެ.
މިއަދު އޮންލައިން